ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ މީހާއާއި ކޮންޓެކްޓު ވެގެން މިހާތަނަށް 41 މީހެއް، ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިޔަށް!

މާލޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް: ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު، މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވި ސިފައިންގެ މީހާއާއި ޑައިރެކްޓު ކޮންޓެކްޓުވެގެން 41 މީހަކު ފާހަގަކުރެވިފައިވާކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން ބުނެފި އެވެ.

މާލޭގައި އަންގާރަ ދުވަހު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ ތަފްސީލުތައް ހާމަ ކުރައްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި 61 ވަނަ ކޭސްއަކީ އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސްގެ މަސައްކަތްތައް އަދިވެސް ކުރިޔަށްދާއިރު މިހާތަނަށް 41 މީހަކު ފާހަގަކުރެވިފައިވާކަން ޑރ. އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގައި އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ދަށުން، ފްރަންޓްލައިނުގައި ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށް އިޝާރާތް ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ އޭނާއާއި ގިނަ ބަޔަކު ކޮންޓެކްޓުވެފައި ހުރެދާނެ ކަމަށެވެ. ކޮންޓެކްޓު ޓްރޭސް ކުރެވޭ ގިނަ މީހުންނަކީ އެއީ ސިފައިންގެ މީހުންނަށް ވުން ގާތްކަން ވެސް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

”އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން އެބޭފުޅާ ހުރި ތަނުގެ ޑައިރެކްޓް ކޮންޓެކްޓަށް ވާތީ މޯސްޓް ލައިކްލީ އެއީ އެމްއެންޑީއެފްގެ ބޭފުޅުންނަށް ވުން.“ ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވި ގޮތުން، ސިފައިންގެ އޮފިސަރުގެ ކޮންޓެކްޓު ޓްރޭސް ކުރުން އަދިވެސް ނުނިމެއެވެ. އަދި ކުރިޔަށް އޮތްތަނުގައި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށާއި ބުދަ ދުވަހު އިތުރު މައުލޫމާތުތައް ލިބޭނެކަމުގައި ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: