ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު ދެ ދިވެހިން ޕޮޒިޓިވްވެ ރާްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖަމްލަ އަދަދު 86 އަށް އަރައިފިއެވެ.
ހެލެތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ ކޮރޯނާ ވައިރަހުގެ އލާމާތްތަކެއް ހުރެގެން މާލޭގެ ދެ ފްލޫ ކްލިނިކަކުން ފަރުވާ ހޯދި ދެ ދިވެހިން ސާންޕަލް ނަގައި ޓެސްޓްކުރިއިރު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
https://twitter.com/HPA_MV/status/1252709742314770434
އިތުރު ދެ ދިވްހިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެން މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ މިހާރު 66 އެވެ. އަދި މުޅި ރާއްޖެއިން ކޮރޯނާ ވައިރަހަށް 86 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ބަޔަށް ފަރުވާ ދެވި ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.
ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި އިތުރުވަމުންދާއިރު ކޮރޯނާ ވައިރަހަށް މާލެއިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ15 ދުވަހުއެވެ. އެގޮތުން މާލެއިން މީހަކު ކޮރޯނާ ބައިރަހަށް ޕޮޒިޓިވް ވުމާއިއެކު މުޅި މާލެ ލޮކްޑައުންކޮށް ދެ ފަހަރެއްގެ މަތިން ލޮކްޑައުންގެ މުއްދަތު އިތުރުކޮށް މި މަހުގެ30 ވަނަ ދުވަހުގެ ނިޔަލަށް މާލެ ލޮކްޑައުން ކޮށްފައި ބޭއްވުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މީގެއިތުރުން ރާްޖޭގެ އެކި ސަރަހައްދުތަކުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ހީދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ެަށްރަށާއި މީޙުން ދިރިއުޅޭ ތަންތަނާއިއެކު ޖުމްލަ 170 ތަނެއް ވަނީ މޮނިޓަރިންގައެވެ. ހަމައެހެންމެ ގުދަންތަކާއި ފިހާތަތަކުގެ އިތުރުން ކްލިނިކެއް ހިމެނޭ ގޮތަށް 9 ތަނެއް ވަނީ މޮނިޓަރިންގައެވެ.

