ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި، ދަޢުލަތުގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް ޞާލިޙް އެދިވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމަށް ކުރިމަތިވެފައިވާ، ކޮވިޑްގެ ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި، ދަޢުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން، ސަރުކާރަށް ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުދަވިލޭރޭ ނެރުނު ނޫސް ބަޔާނެއްގައި، ރައީސް ޞާލިޙް މި ކަމަށް އެދިވަޑައިގަންނަވާކަންވަނީ ހާމަކޮށްފައެވެ.

މި ގޮތުން، ކޮވިޑް-19 ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ރާއްޖޭގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުންދާތީ، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ރައީސް ޞާލިޙްވަނީ، ދަޢުލަތުގެ އިދާރާތަކުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާފައެވެ.

މީީގެެ އިިތުުރުުންް، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންފުޅުވާކަމަށް ވެސް ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްވަނީ، ކަމާބެހޭ ފަރާތްތަކުން މުވައްޒަފުންގެ އެހީތެރިކަމަށް އެދުމުން، އެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ރައީސް ޞާލިޙްވަނީ، ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން، ވައިރަސްޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން، އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި އެޗްޕީއޭއިން ކުރާ އަމުރުތަކާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް އެންމެ އިސްސަފުގައި މަސައްކަތްކުރާ ބަޔަކީ، ދަޢުލަތުގެ މުވައްޒަފުންކަން ފާހަގަކުރައްވާފައެވެ.

މީގެ އތުރުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ސިޓީ ކައުންސިލްތަކުގައާއި، އަތޮޅު ކައުންސިލުތަކުގައާއި، ރަށްރަށުގެ ކައުންސިލުތަކުގައި އުފައްދަވައިފައިވާ ޓާސްކް ފޯސްތަކުންދޭ އިރުޝާދުތަކާއި އެއްގޮތަށް ކައުންސިލްތަކުން ކަންކަން ރާއްވަވައި ހިންގުމަށް އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ބަޔަކީ ވެސް، ދަޢުލަތުގެ މުވައްޒަފުންކަން ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު ރައީސް ޞާލިޙްވަނީ، މި ފަދަ ހާލަތެއްގައި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހާތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައްކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ، ދަޢުލަތުގެ މުވައްޒަފުންކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: