ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި، ކާފިއުއާއި ޚިލާފުވާ މީހުން 500 އާއި 5000 ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ޖުރުމަނާކުރަނީ

ކުޅުދުއްފުށި ސިޓީ. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކާފިއު އިޢުލާންކޮށްފައިވާ މުއްދަތުގައި، ހުއްދަ ނެތި މަގުމައްޗަށް ނިކުންނަ މީހުން 500 ރުފިޔާއާއި، 5000 ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ޖުރުމަނާކުރަން، ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ނިންމައިފިއެވެ.

ކޮވިޑް-19 ފެތުރުމުގެ ނުރައްކާތެރިކަން އިތުރުވެފައިވާތީ، ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމާއި ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިވުމުގެ ގޮތުން، އޭޕްރީލް 21 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން، އެ ރަށުގައި ވަނީ، ކާފިއު އިޢުލާނުކުރެވިފައެވެ.

އެ މުއްދަތު ހަމަވާނީ، އެޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށެވެ.

މި ގޮތުން، ކާފިއު އިޢުލާނުކޮށްފައިވާ މުއްދަތުގައި، އެއްވެސް ހުއްދައެއް ނެތި ބޭރަށް ނިކުމެ އުޅުން، ކުޅުދުއްފުށީ ކައުންސިލް އިދާރާއިންވަނީ މަނާކޮށްފައެވެ.

މިކަމާއި ގުޅިގެން، އެ ކައުންސިލުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 މާއްދާއިން ލިބިދޭ ބާރުގެ ދަށުން، ކާފިއުގެ ގަވާއިދުތަކާއި ޚިލާފުވާ މީހުންގެ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި، 5000 ރުފިޔާއާއި ދެމެދުގެ އަދަަކުން ޖޫރިމަނާކުރާނެކަމަށެވެ.

އެ ކައުންސިލުންވަނީ، ބަލި ކޮންޓްރޯލްކުރުމަށްޓަކައި، އެއްބާރުލުންދިނުމަށާއި، ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެ ކައުންސިލުންވަނީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް، ފަރުދީ ޒިންމާ އަދާކުރަން ވެެސްް ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާއިރު، މާލޭސިޓީ ފިޔަވައި، މި ވައިރަހުގެ ކޭހެއް ފެންމަތިވި ފުރަތަމަ ރަށަކީ، ހއ.އުލިގަމެވެ. އެއީ މާލޭގައި އުޅެފައި، މި މަހު ފަނަރައިގައި ކަނޑު މަގުން ދަތުރުކޮށްފައި އެ ރަށަށް ގޮސްފައިވާ މީހެކެވެ. މި ގޮތުން އޭނާ ދަތުރުކުރި ބޯޓުވަނީ ހއ.އަތޮޅާއި، ހދ.އަތޮޅު ރަށްތަކަށް ބަނދަރުކޮށްފައެވެ. މި ގޮތުން މިހާރު އެ ހިސާބުގެ ބައެއް ރަށްތައްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: