ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ހިންގުމަށް 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ބޭނުންވޭ: ފިނޭންސް މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ރައްޔިތުންނަށް ފޯރުކޮށްދެއްމުންދާ ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް ކުރިއަށް އޮތް ތިން މަހަށް 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ އާމްދަނީ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ފައިސާ ވަނުން މަދުވެފައިވުމުން ކުރު މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ހޯދަން ޖެހިފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ސިޓީއެއް ފޮނުއްވާފައިވަނީ ކޮވިޑް 19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ އަދި މާލީ ލޮޅުންތަކާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް ލުއިތަކެއް ހޯދައިދިނުމަށް އެދިއެވެ.

މިނިސްޓަރުގެ ސިޓީގައި ކުރިއަށް އޮތް ތިން މަހަށް 4.2 ބިލިއަން ރުފިޔާ ބޭނުންވާ ސަބަބުކަމަށް ވިދާޅުވެފައިވަނީ، ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް އެވްރެކްކޮށް މަހަކު ލިބޭނެ ކަމަށް ލަފާކުރެވެނީ 822 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ހަރަދުގެ ގޮތުގައި އެވްރެޖްކޮށް މަހަކު 2.3 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކުރެ އެވެ. އޭރުން އެ ޑެފިސިޓް ފޫބައްދަން އެވްރެޖްކޮށް މަހެއްގެ މައްޗަށް އިތުރު 1.48 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.

އިގްތިސާދީ ޑިމާންޑް ދަށްވެފައިވާ މިދަނޑިވަޅުގައި ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަކީ އިތުރަށް ކަންކަން ގޯސްވާނެ ކަމަކަށްވާތީ ހަރަދު ކުޑަކުރަން ދަތި ކަމަށް މިނިސްޓަރު ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތުން ސިއްހީ އަދި ކާރިސާ މެނޭޖް ކުރުމަށް ކުރަންޖެހޭ ހަރަދު އިތުވެފައިވާކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުންނާއި މާލީ އިދާރާތަކުން ހިލޭ އެހީއާއި ލޯނު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ފައިސާ ލިބޭ ހިސާބަށް ދިއުމަށް އިތުރު ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައިވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: