ކޮރޯނާ ވައިރަސް މާލޭގައި ހަލުވިކަމާއިއެކު ފެތުރެމުން ދިއުމާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާތީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން އަންގާރަ ދުވަހު އެކަނި ވެސް 201 އެއް ޑެލިވަރީ ކޮށްފައިވާކަން ނެޝަލް އިމެޖެންސީ ސެންޓަރުން ހާމަކޮށްފިއެވެ.
ނެޝަނަލް އިމަޖެންސީ ސެންޓަރުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްއާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކަށް އަންގާރަ ދުވަހު އެސްޓީއޯގެ ފަރާތުން201 ޑެލިވަރީ ކޮށްފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އެސްޓީއޯއިން މާލޭގެ އެކިއެކި ފިހާރަތަކަށް ކުރި ޑެލިވަރީތަކަކީ 2454 ހަނޑޫ ބަސްދާ،1289 ފުށް ބަސްދާ،949 ހަކުރު ބަސްދާ ހިމެނެއެވެ. މީގެއިތުރުން މަބްރޫކް ވިދާޅުވީ ރަށްރަށުގައި ތިބޭ އެސްޓީއޯގެ އެޖެންޓުންނަށް މުދާ ފޯރުކޮށްދިނުމުގެ ގޮތުން 48 ބޯޓަކަށްު ޑެލިވަރީ ކޮށްދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 2900 ބަސްދާ ހަނޑޫ،2084 ބަސްދާ ފުށް، އަދި 2008 ބަސްދާ ހަކުރު ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން މަބްރޫކް ވިދާޅުވީ މިއަދު ވެސް26 ޑެލިވަރީއެއް ކުރުމަށް އެސްޓީއޯއިން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނީ1590 ބަސްދާ ހަނޑޫ،1000 ބަސްދާ ފުށް އަދި1000 ބަސްދާ ހަކުރު ހިމެނޭކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

