ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގު ކޮންޓްރޯލްކޮށްފައިވާ މުދާ އަގުބޮޑުކޮށް ވިއްކާނަމަ 100,000 ރުފިޔާއިން ޖުރުމަނާކުރާނަން: އިކޮނޮމިކް މިނިސްޓްރީ

އަލުތްވާއި ފިޔާ ކިލޯއެއް ވިއްކޭނެ އެންމެ މަތީއަގަކީ 20 ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް ފާހަގަކުރެވޭ ފުރަތަމަފަހަރު 100,000 ރުފިޔާއިން ޖުރުމާނާކުރާނެކަމަށް އަނެއްކާވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން، މާލެ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި، ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ދަނީ، އަގު ކޮންޓްރޯލްކޮށްފައިވާ ބައެއް އެއްޗެހި އަގުބޮޑުކޮށް ވިއްކަމުންނެވެ.

މި ކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިބުނީ، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނިކޮށް، އެ އަގަށްވުރެ ބޮޑުކޮށް މުދާ ވިއްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅުއަޅަމުން ގެންދާނެ ވާހަކަ ތަކުރާރުކޮށް އަންގާކަމަށެވެ.

އެ މިނިސްޓްރީންވަނީ، ކުރިން ވެސް މިކަން އަންގާ އިޢުލާނުކޮށްފައެވެ. މި ގޮތުން ކުރިން އެ މިނިސްޓްރީން ނެރުނު އިޢުލާނުގައި، އެ މިނިސްޓްރީން ބުނީ، އަލުތްވާއި ފިޔާ ކިލޯއެއް ވިއްކޭނެ އެންމެ މަތީއަގަކީ 20 ރުފިޔާ ކަމަށެވެ. މީގެ އިތުރުން، ރީނދޫ މުގުކިލޯއެއް ވިއްކޭނީ 45 ރުފިޔާއަށްކަމަށާއި، ބިހެއް ވިއްކޭނެ އެންމެ މަތީއަގަކީ، 1.80 ރުފިޔާ ކަމަށްް އެެ މިނިިސްްޓްްރީީންް ބުުނެެފަައިިވެެއެެވެެ.

މިއަދު ނެރުނު އިއުލާނުގައި އިތުރަށް، އެ މިނިސްޓްރީން ބުނީ، އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް ފާހަގަކުރެވޭ ފުރަތަމަފަހަރު 100,000 ރުފިޔާއިން ޖުރުމާނާކުރާނެކަމަށާއި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު ވެސް 100,000 ރުފިޔާއިން ޖުރުމަނާކުރާނެކަމަށެވެ.

އަދި މި ގޮތަށް ޖުރުމަނާކުރުމާއެކު، 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަަށް ވިޔަފާރިކުރާތަން ބަންދުކުރުމަށް ވެސް އަންގާނެކަމަށެވެ.

އެ މިނިސްޓްރީން ވަނީ، ކޮންޓްރޯލްކޮށްފއިވާ އަގަށްވުރެ ބޮޑުކޮށް މުދާވިއްކާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.

މި ގޮތުން، ޝަކުވާ ހުށަހަޅާނީ، އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް  consumer@trade.gov.mv  މެދުވެރިކޮށްކަމަށް އިކޮނޮމިކް މިނސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: