ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، އަންނަ ހުކުރު ދުވަސް

ރާއްޖޭގެ މިސްކިތެއްގައި ރޯދަމަހު ތަރާވީޙް ނަމާދުކުރަނީ. ފޮޓޯ: ދިއިސްލާމް
ޝެއާރކޮށްލާ ކަހަލަދޯ؟

1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، މި މަހު 24 ވާ ހުކުރު ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

1441 ވަނައަހަރު ހަނދު ސާބިތުކުރުމުގެ ގަރާރުގައި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު މިރޭ ވިދާޅުވީ، އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ފެނިފައިނުވާކަމަށާއި، ރާއްޖޭގެ އެއްވެސް ރަށަކަށް ވެސް، މިއަދު ހަނދުފެނިފައިނުވާކަމަށެވެ.

މީގެ އިތުރުން، މިއަދު އިރު އޮސްފުހުނުއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެންމަތީގައި ހުންނާނެކަމަކަށް އިތުބާރުހުރި ފަލަކީ ހިސާބަކުން ނުދައްކާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މާދަމާއަކީ ޝައުބާންމަހުގެ 30 ވަނަ ދުވަސްކަމަށާއި، 1441 ވަނައަހަރުގެ ރަމަޟާންމަހުގެ ފުރަތަމަދުވަހަކީ، މި މަހުގެ 24 ވަނަ ދުވަސްކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އިގެ މި ނާޒުކު ދަނޑިވަޅުގައި، ރަމަޟާން މަސް މި ކުރިމަތިލަނީ، ދިވެހިންގެ ހިތްތަށް ރޮއްވަމުންނެވެ. އެ ގޮތީ ކޮވިޑް-19 އިގެ ސަބަބުން، މިސްކިތްތައް ބަންދުކޮށް، ޖަމާޢަތުގައި ތަރާވީޙްކުރުން ވެސް މިވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: