ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ގުޅިގެން ކުރަމުން އަންނަ ޚަރަދުތަކުގެ އޮޑިޓެއް ހެދުމަށް ލަފާދީފި

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހާއި ގުޅިގެން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގައި ދައުލަތުން ކުރަމުންގެންދާ ޚަރަދުތަކާއި ގުޅުންހުރި ޚާއްސަ އޮޑިޓެއް ކުރަމުން ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާދީފިއެވެ.

ކޮވިޑާ ދެކޮޅަށް ކުރާ ކަންކަމުގައި ކޮރަޕްޝަންގެ މަގުފަހިވާ ކަންކަން ކުރުމަށް އެ ކޮމިޝަނުން އެކުލަވާލި ގައިޑްލައިންގައި ވަނީ ކޮވިޑާ ކަންކަމާއި ގުޅިގެން ދައުލަތުން ކުރަމުން އަންނަ މުހިންމު، ބޭނުންތެރި، ބުރަ މަސައްކަތްތަކުގެ މައިގަނޑު މަގްސަދު ހާސިލުކުރުމަށް ކޮރަޕްޝަންގެ ސަބަބުން އެޅިދާނެ ހުރަސްތައް ކުޑަކުރަންޖެހޭ ކަމަށެވެ.

އެގޮތުން ދެފުށްފެނުމާއި ޖަވާބުދާރީވުން ދެމެހެއްޓުމަށްޓަކައި ކޮވިޑާއި ގުޅިގެން ކުރަމުން އަންނަ އެންމެހައި ކަންކަމާ ގުޅުންހުރި ހާއްސަ އޮޑިޓެއް މި ހާލަތު ނިމުމުކަށް އައުމުން ކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ހާލަތަށް ބަދަލު ނައިސް ދިގުދެމިގެންދާ ނަމަ ކަނޑައެޅޭ ވަކި މުއްދަތަކުން އޮޑިޓްކުރަމުން ގެންދަންޖެހޭ ކަމަށްބުނެފައިވެއެވެ.

އެހީގެ ފައިސާ ހަރަދުކުރާ ގޮތް އާންމުކޮށް ފެންނާނެހެން ރިޕޯޓްކުރަން ޖެހޭގޮތަށް ބޭއްވުމަށާއި އެފަދަ އެހީއާ ގުޅޭގޮތުން ޖަވާބުދާރީ ކުރެވޭނެ ނިޒާމުތައް ކަނޑައަޅައި އާންމުކުރުމަށްވެސް އޭސީސީން އިރުޝާދުދީފައިވެއެވެ.

މީގެ އިތުރުން ކާރިސާގެ ހާލަތުގައި ދައުލަތަށް ހޯދާ ހިދުމަތާއި ތަކެއްޗަކީ، ރައްޔިތުންގެ ފުރާނަ އާއި ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށް އާއްމު މަސްލަހަތު އިސްކުރެވި، ކާރިސާގެ ވަގުތު ބަލާފައި އެކަށީގެންވާ އަގެއްގައިކަން ހޯދާފައިވާ ތަކެތިކަން ކަށަވަރު ކުރަންޖެހޭ ކަމަށްވަނީ ބުނެފައެވެ.

އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުމެއް ހަދަންޖެހޭ ހާލަތުގައި އެއްބަސްވުންތަކުގައި ހުންނަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ މިންގަނޑުތައް ހުންނަންވާނެ ކަމަށާއި ކުރާ މަސައްކަތެއްގެ މަގުސަދު ހާސިލްކުރެވޭނެ ފަދަ ބަޔަކާ މަސައްކަތް ހަވާލުކުރުމާއި ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރަންވާނެ ކަމަށް އޭސީސީންވަނީ ބުނެފައެވެ.

ކޮވިޑާއި ގުޅިގެން ދައުލަތުން ނިންމާ ނިންމުންތަކުގެ ތަފްސީލުތައް ލިޔެކިޔުމުން ފަސޭހައިން ފެންނާނެ ގޮތް ހެދުމާއި ހަރަދުތައް ކުރަން ޖެހުނު ސަބަބާއި އެ ހަރަދުތަކާ ހަވާލުވި ފަރާތްތަކާ އަދި އެ ހަރަދުތަކާ ގުޅޭގޮތުން ރިޕޯޓު ކުރެވެން އޮންނަ އެންމެ ބޮޑަކަށް ރިޕޯޓުކުރަންވެސް ޖެހޭނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭސީސީގެ ގައިޑްލައިންގައި ވަނީ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ދިނުމަށް ތައާރަފުކޮށްފައިވާ ރިލީފް ޕެކޭޖުގެ ހުރިހާ ކަމެއް ހިނގަނީ އިންސާފުވެރިކަމާއި ދެފުށްފެންނަ ގޮތަށްކަން ކަށަވަރުކުރަންޖެހޭކަން ފާހަގަކޮށްފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: