ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޭންސް މިނިސްޓަރ ހުށަހެޅި ކަންކަން ނުކޮށްދީފިނަމަ ދައުލަތް ލޮކްޑައުންއަކަށް ދާނެ :ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ސަބަބުން ރައްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހީނަރު ކަމުގެ ހާލަތުން އަރައިގަނެ ދިވެހިރާއްޖެ ވެއްޓެމުންދާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހަޅުއްވާފައިވާ ކަންކަން ފުރިހަމަ ކޮށްދީގެން ކަމަށާއި އެހެން ނޫންމަމަ ސަރުކާރާއި މުޅި ދައުލަތް ލޮކްޑައުންއަކަށް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރައްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހީނަރު ކަމުގެ ހާލަތުގައި ދައުލަތް ހިންގުމަށްޓަކައި މިހާރުން މިހާރަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކޮށްދެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓަ އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީޙުގައި އެދިވަޑައިގެންފައެވެ.

ދައުލަތް ހިންގުމަށްޓަކައި މިހާރުން މިހާރަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކޮށްދެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުއްވި މައްސަލައިގައި ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި  ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ލޯންތައް ނަގައިގެން ތަފާތުއެކި ޕެކޭޖްޔައް ތަޢާރަފްކޮށްގެން އަދި  ދައުލަތުގެ ބަޖެޓަށް ބަދަލު ގެނެސްގެން ވިޔަސް ކަންކަން ކުރުމަށް ނިންމާފައި ވަނީ ހަމައެކަނި ދިވެހިރާއްޖެއިން ނޫން ކަމަށާއި ދުނިޔޭގެ ބޮޑެތި އިގްތިސާދީ ބާރުތަކުން ވެސް ލޯންތައް ނަގައި އެ ނޫން ވެސް ތަފާތު އެކިއެކި އިގްތިސާދީ ޕެކޭޖްތައް ތަޢާރަފް ކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން ފިނޭންސް މިނިސްޓަރ ހުށަހަޅާފައިވާ ގޮތަށް ހުށަހަޅާފައިވާ ކަންކަން ވީހާވެސް އަވަހަކަށް މަޖިލީޙުން ފާސްކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުން ބަނޑަށް ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތުގެ ކަންކަން ބައްޓަން ކުރުމަށް ކަމަށާއި އަދި މަޖިލީހުގެ މަސައްކަތްތައް ވެސް ބައްޓަން ކުރަން ޖެހޭނީ ސަރުކާރު ހިންގަން ފެސޭހަވާނެ ގޮތަށްކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. 

”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއަސް މިވަނީ ވަރަށް ބޮޑު އިގްތިސާދީ ކާރިސާއަކާ ކުރިމަތިވެފަ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ފުން ވަޅުގަނޑުން އަރައިގަނެވޭނީ ދިވެހި ސަރުކާރުގެ ފަރާތުން ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް އެމަނިކުފާން ބޭނުންފުޅުވާ 4،4 ބިލިޔަން ރުފިޔާ މަދުވެގެން ދީގެން. ދުނިޔޭގެ ހުރިހައި ގައުމުތަކަކުން ވެސް ދަނީ ބޮޑެތި ޕެކޭޖްތައް ފާސް ކުރަމުން. “ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރ ހުށަހަޅުއްވާފައިވާ ގޮތަށް މަޖިލީހުން ކަންކަން ނުކޮށްދީފިނަމަ ސަރުކާރު ލޮކްޑައުންއަކަށް ދާނެ ކަމަށާއި އަދި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހުރިހައި ހިދުމަތެއް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އެގޮތުން ސަރުކާރުން އެދިފައިވާ ގޮތަށް މަޖިލީހުން ކަންކަން ނުކޮށްދީފިނަމަ ރައްޔިތުންނަށް މުސާރަ ދެވޭނެ ގޮތެއް ވެސް ނޮއޮންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

މީގެއިތުރުން ޝަރީފް ވިދާޅުވީ ގައުމުގެ ހާލަތު މިހާހިސާބަށް ގޮސްފައިވާއިރު މަރުކަޒީ ބޭންކް އެމްއެމްއޭއިން އަޅަން ޖެހޭ ބައެއް ކަހަލަ ފިޔަވަޅުތައް މިއަދާއި ހަމައަށް ވެސް އަޅާފައި ނުވާ ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އެގޮތުން ބޭންކްތަކުން ލޯންތައް ދޫކުރާއިރު އެމްއެމްއޭއަށް ދައްކަން ޖެހޭ އެމްއާރްއާރް 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އިގްތިސާދު ހިނގާނެ ގޮތަކަށް އެމްއެމްއޭއިން ކަންކަން ބައްޓަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެކަން ނުކުރެވޭނެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެއަށް އާންމްދަނީ ލިބެން އޮތް ހުރިހައި ދޮރެއް ބަންދުވެފައިވާ ކަމަށާއި ދައުލަތް ހިންގާ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވެން އޮތީ ބޭރުގެ އެހީއާއި ލޯން ނަގައިގެން ކަމަށްވާއިރު އަދި ރާއްޖޭގެ އެކިއެކި ވިޔަފާރިތައް ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު މިއަދު އޮތްއިރު އެމްއެމްއޭއިން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނެތުމަކީ އޭނާ ވަަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ވީއެންމެ އަވަހަކަށް ރާއްޖޭގެ އެތެރޭގެ އިގްތިސާދު ހިނގާނެ ގޮތަކަށް އެމްއެމްއޭއިން ކަންކަން ނިންމުމަށް ޝަރީފް ގޮވާލެއްވިއެވެ. 

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް  ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ ދިނުމަށެވެ.

ސަސްޕެންޑް ކުރުމަށް އެދިފައިވާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށް ނުވެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: