ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ސަތޭކައަށް ވުރެ މައްޗަށް ހިނގަށްޖެއެވެ.
ދަރުބާރުގޭގައި ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައިއެއްތަނެއްގައި ތިބި 14 މީހުން ކަމަށެވެ. މިއެންމެންނަކީވެސް ބިދޭސީންނެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އަލަށް ޕޮޒިޓިވްވި މީހުންނަކީ ބިދޭސީން ދިރިއުޅޭ ތަންތަނުން ކަރަންޓީނަށް ގެންގޮސް ނެގުނު ސާމްޕަލް ނެގުނު މީހުން ކަމަށެވެ.
މި އަދަދާއިއެކު މާލެއިން ޕޮޒިޓިވްވި މީހުންވަނީ 88 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިވަނީ 108 އަށް އަރާފައެވެ.
މާލޭގެ އިތުރުން ދެން މި ބަލީގެ މީހަކު ފެނިފައިވަނީ އުލިގަމުންނެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހަކު ފެނުނުތާ 45 ވަރަކަށް ދުވަސް ފަހުން މާލެއިން މި ބަލި ފެންނަން ފެށީ މިމަހުގެ 15 ދުވަހުއެވެ.

