ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން އަތުލެވޭ އިސްލާހާ ގުޅިގެން ފަލާހް: ”ރައްޔިތުންގެ ގޯތިގެދޮރު އަތުލައި، ކައުންސިލަރުންގެ ބާރު ކަނޑުވާލާކަށް ނޫޅެން“

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ އެއްވެސް ގޮތަކަށް ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާއި ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ހުށައެޅުނު އިސްލާހެއް ނޫންކަމަށާއި އަދި ކައުންސިލަރުންނާއި ކައުންސިލުތައްވެސް އެކަން ޤަބޫލުކުރައްވާނެކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހަށް ހުށަޅާފައިވާ ދެ ޕެޓިޝަނަށް ބަހުސްކުރައްވަމުންނެވެ.

ފަލާޙު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީއަށް ހިންގަމުންދާ އެކި މަޝްރޫއުތަކަށާއި އަދި ކުރިއަށް އަންނަން އޮތް ސަރުކާރުތަކަށްވެސް ހިންގަން ބޭނުންވާނެ މަޝްރޫއުތަކަށް ހުށަހެޅުނު އިސްލާހުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާއި ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ހުށައެޅުނު އިސްލާހެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލަރުންނާއި ކައުންސިލުތައްވެސް އެކަން ޤަބޫލުކުރައްވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

”މިއީ އެއްގޮތަކަށްވެސް ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާއި ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ހުށައެޅުނު އިސްލާހެއް ނޫން، ކައުންސިލަރުންނާއި ކައުންސިލުތައްވެސް މިކަން ޤަބޫލުކުރާނެ،“ ފަލާހު

އިދިކޮޅު މެންބަރުން އެ ބިލަށް ފާޑުވިދާޅުވަމުން ގެންދަވާތީ، އެކަމަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ބިލުގެ ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ކުށްހީތަކާއި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ބިމެއް ނެގުމަކީ އަބަދުވެސް ގާނޫނީ އިމުގެ ތެރެއިން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށާއި އަދި އެއީ އެއްވެސް ހާލެއްގައި ރައްޔިތުންގެ އަމިއްލަ ގޯތިގެދޮރު އަތުލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ހިންގަން ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތައް އެއްވެސް ހުއްޓުމެއް ނެތި، ބާރަށް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ، އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ރަށެއްގެ ތަރައްގީއަށް ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއަކަށް ކައުންސިލަކުން ގަސްދުގައި ހުރަސްއަޅައި ބިން ނުދީ ހިފަހައްޓައިފި ހާލަތެއްގައި އަމަލުކުރާނެ ގޮތް ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އެ މަޝްރޫއެއް ހިންގުމަށް އެ ބިމެއް ބޭނުންކުރުމުގެ ފުރުސަތު މި އިސްލާހުން ލިބިގެންދާނެ ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ އެންމެ މުހިންމު ޒިންމާއަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ، ތަރައްގީގެ ކަންކަން ފުރިހަމަކޮށްދިނުން ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލްތަކާ ގާތުން ގުޅިގެން، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުން ކަމުގެ ޔަގީންކަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ދެއްވިއެވެ.

އެއް މައްސަލައެއްގައި އެކަކަށް ވުރެ ގިނަ އީ ޕެޓިޝަން ހުށަހެޅޭގޮތަށް ގަވައިދު އިސްލާހުކުރުމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، އެފަދަ އީ ޕެޓިޝަންތަކުގެ ނިޒާމުތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އެމީހުންގެ މަޖިލީސްތަކުގައި ބޭނުންކުރާތާ އެތަކެއް ދުވަހެއް ވެފައިވާ އެއްޗަކަށް ވީއިރު ދިވެހިރާއްޖެގައި މި އީ ޕެޓިޝަނެއް ހުށައެޅި ބަހުސްކުރަމުން މިދަނީ އަދި އަލަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވީ މަޖިލީހުގެ ނިމިދިޔަ ދައުރުތަކުގައި އެފަދަ ބިލެއް ހުށަހަޅާފައިނުވާ ކަމެވެ.

”18ވަނަ މަޖިލީހާއި އަދި 19 ވަނަ މަޖިލިސް ވެސް ހިނގައްޖެ. އޭގެ ކުރީ މަޖިލިސްތަކެއްވެސް ހިނގައްޖެ. އެހެންނަމަވެސް މި މަޖިލީހުން މިވަނީ ރައްޔިތުންނަށް މި ފުރުސަތު ފަހިކޮށްދީފަ. އޭގެ ބޭނުން ރައްޔިތުން ހިފަން ފަށައިފި“ ފަލާހު

އޭނާ ވިދާޅުވީ މަޖިލީހުގައި މިއަދު ދެ ޕެޓިޝަނަކަށް ބަހުސް ކުރެވުނުއިރު އެ ދެ ޕެޓިޝަން މަޖިލީހުން ފާސްކޮށްދިނުމަށް އެދި 10،1050 (ދިހަ ހާސް އެއްސަތޭކަ ފަންސާން) ރައްޔިތުން ސޮއިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ހުށަހެޅިގެން ދިޔައީ ދިވެހި ރައްޔިތުންގެ ހައްޤުގައި ކަމަށް ވީއިރު މި އިސްލާހު އެއްގޮތަކަށްވެސް ރައްޔިތުންނަށް އޮޅުވާލައިގެން ނުވާނެކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: