ކޮވިޑް-19 އަށް އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް 8 ދިވެއްސަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށެވެ.
މިއާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 137 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި 8 ދިވެހިންނާއެކު މިހާރު މިވަނީ، 68 ދިވެއްސަކަށް މި ވައިރަސް ޖެހިފައެވެ.

