ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ އުފަލަކުން އިންސާނާގެ ހިތުގެ ހުސްކަމަކަށް ހައްލެއް ނުލިބޭނެ: އުސްތާޛް އަބޫ ތައިމިއްޔާ

އުސްތާޛް އަބޫ ތައިމިއްޔާ / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުމުގެ ފިއްތުންތަކާއި، ތަދާއި، ނަފްސާނީ ގޮތުން ކުރިމަތިވާ ދަތިތަކުން ފިލުމަށްޓަކައި ގިނަ ބަޔަކު ތަފާތު ކަންކަމަށް ދެވިހިފާފައިވާ ކަމަށާއި، ނަމަވެސް އެފަދަ ކަންކަމަކީ ދާއިމީ ހައްލެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އުސްތާޛް އަބޫ ތައިމިއްޔާ ވިދާޅުވެއްޖެއެވެ.

”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ ސެޝަނެއްގައި ވާހަކަދައްކަވަމުން އުސްތާޛް ވިދާޅުވީ ވަގުތީ ހިތްހަމަޖެހުމެއް ހޯދުމުގެ މަގްސަދުގައި ގިނަ ބަޔަކު ތަފާތު މުނިފޫހިފިލުވުންތަކާއި ގެއްލުންދެނިވި ތަކެއްޗަށް ހުށަހެޅެމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއި، ރަލާއި، ބަދުއަޚްލާގީ ކަންތައްތަކުގެ އިތުރުން ގޭމް ކުޅުމަކީ ދިރިއުޅުމުގެ ހަގީގަތްތަކުން ފިލަން ބޭނުންވާ މީހުން ދެވިހިފާ ކަންތައްތަކުގެ ގޮތުގައި އުސްތާޛް ފާހަގަކުރެއްވިއެވެ. އަދި ދެވިހިފުމަކީ ހަމައެކަނި ވަކި ފަންތިއެއްގެ ބަޔަކަށް ކުރިމަތިވާ ކަމެއް ނޫން ކަމަށާއި، މުޖުތަމައުގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި މުއްސަނދިންވެސް މިފަދަ ތަކެއްޗަށް ނުވަތަ ކަންކަމަށް ބަރޯސާވަމުންދާކަން ފާހަގަކުރެއްވިއެވެ.

”އެމީހުން އެ އެއްޗެހި ބޭނުންކުރަނީ ހަނދާން ނައްތާލުމަށް. އަޅުގަނޑުމެން ޛިކުރު ކުރަނީ ހަނދާން ކުރުމަށް.“ އުސްތާޛް އަބޫ ތައިމިއްޔާ

އުސްތާޛް ވިދާޅުވީ، އިންސާނާގެ ހިތުގައި އުފެދިފައިވާ ހުސްކަމަށް އޮތް ދާއިމީ ހައްލަކީ މާތް الله އާ އޮންނަ ރޫހާނީ ގުޅުން ވަރުގަދަކުރުން ކަމަށެވެ. ވަގުތީ އުފާތަކުން ކުޑަ ވަގުތުކޮޅަކަށް ހިތްހަމަޖެހުމެއް ލިބިދާނެ ނަމަވެސް، ހަގީގީ އަމާންކަމާއި ހިތްހަމަޖެހުން ލިބޭނީ ޙާލިގުވަންތަ ރަސްކަލާނގެއާ އޮންނަ ގުޅުން ބަދަހިކޮށްގެން ކަމަށް އުސްތާޛް ތަފްސީލުކޮށްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: