ށ.ނަރުދޫއިން ޕޮޒިޓިވްވި ”އަމާޒު“ ބޯޓުގެ ކައްޕިއާއެކު 98 މީހުން ދަތުރުކޮށްފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި ”އަމާޒު“ ބޯޓުގެ ކައްޕިއާއެކު 98 މީހުން ދަތުރުކޮށްފައިވާކަމަށެވެ.
މީގެއިތުރުން ޑރ.އަފްޒަލް ވިދާޅުވީ، މި މަހުގެ 15 އަދި 16 ވަނަ ދުވަހު، އެ ބޯޓު ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.
މި ގޮތުން، މި ބޯޓުވަނީ، ނ. މާފަރަށާއި، ނ.ހެނބަދުއަށާއި، ނ.މިލަދުއަށާއި، ނ.ވެލިދުއަށާއި، ނ.ކެނދިކުޅުދުއަށާއި، ނ.ހޮޅުދޫގެ އިތުރުން، ށ. ނަރުދުއަށާއި، ށ.ފުނަދުއަށާއި، އެ އަތޮޅު ފީވަކަށްވެސް ދަތުރުކޮށްފައިކަމަށް އަފްޒަލް ވިދާޅުވިއެވެ.
ހަމައެއާއެކު، ހއ. އުތީމާއި ދިއްދު އަށް ވެސް މި ބޯޓު ދަތުރުކޮށްފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މި ކޭސް، ވަރަށް ބޮޑު ކްލަސްޓާރއަކަށް ވުން އެކަށީގެންވާކަމަށާއި، މި ގޮތުން، މި ކޭސްގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަކަމަށް ވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.
އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހެއްގެ ފަރާތުން ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާކަމަށް ވެސް ޑރ.އަފްޒަލްވަނީ ވިދާޅުވެފައެވެ.
މިއަދު މި ކޭސް ފެންމަތިވުމުގެ ސަބަބުން، އަމާޒު ބޯޓު ދަަތުރުކުުރިި ރަަށްްތަައްް މިހާރުވަނީ ކަރަންޓީނުކޮށްފައެވެ.

