ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޓަރ މާލޭ ސިޓީގެ 8 ގެއަކާއި، ށ.ނަރުދޫގެ 5 ގެއެއް ކަރަންޓީނުކޮށްފިި

ށ.ނަރުުދޫ. ފޮޮޓޯޯ:ސަަންް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލޭ ސިޓީގެ 8 ގެއަކާއި، ށ.ނަރުދޫގެ 5 ގެއެއް ކަރަންޓީނުކޮށްފިއެވެ.

މިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ވަނީ ޔަޤީކޮށްދީފައެވެ. މި ކަމާގުޅިގެން އެޗްޕީއޭއިން އާާދިިއްްތަަވިިލޭޭރޭޭ ކުުރިި ޓްވީޓެއްގައި ބުނީ، 25 އޭޕްރީލްގައި ޖުމްލަ ތޭރަ ޢިމާރާތެއް ކަރަންޓީނުކޮށްފައިވާކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ މާލޭގެ 7 ގެއަކާއި، ހުޅުމާލޭގެ ގެއެއްގެ އިތުރުން ށ.ނަރުދޫގެ 5 ގެއެއްކަމަށް އެޗްޕީއޭއިން ކަށަވަރުކޮށްދީފައިވެއެވެ.
މި ގޮތުން، މާލެސިޓީން ކަރަންޓީނުކޮށްފައިވަނީ، މ.އެގާ/ ފުރަތަމަ ފަންގިފިލާ އާއި، އެސްޕީ ވިލާ/ތިންވަނަ ފަންގިފިލާއާއި، މ.ކަފާއިމާގެ އާއި، މ.ފިޔާތޮށިމާގެ/ ފުރަތަމަ ފަންގިފިލާއާއި، ގ. ހުދުގިރިއާއި، މ.އެއްދުއްފަރުއާއި، މ.ނިއު ނެލަމްގެ އިތުރުން، ހުޅުމާލެ 10297 ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނީ، ށ.ނަރުދޫއިން ކަރަންޓީނުކޮށްފައިވާ ފަސް(5) ގެއަކީ، އެ ރަށު ”ވަފާ“ އާއި، ”ސަފާ“ އާއި، ”ރަންފަރު“ ގެ އިތުރުން، ”ބްލާސަން“ އާއި ”ހަނދުވަރީގެ“ ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި، އާދިއްތަވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި، ޑރ.އަފްޒަލް ވިދާޅުވިގޮތުގައި، ކޮވިޑް-19 އަށް ހޮނިހިރުދުވަހު ޕޮޒިޓިވްވި ށ.ނަރުދޫ ”އަމާޒު ބޯޓުގެ ކައްޕިވަނީ 98 މީހުންނާއެކު
އެ ހިސާބުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައެވެ. މި ގޮތުން އެ ބޯޓު ބަނދަރުކުރި ރަށްތައް މިހާރުވަނީ، ކަރަންޓީނުކޮށްފައެވެ. މި ކަމާއި ގުޅިގެން ވެސް އެ ހިސާބުގެ 13 ރަށެއް މިހާރުވަނީ ކަރަންޓީނުކޮށްފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: