ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށުން މުވައްޒަފުން ނުލިބޭނަމަ އެ އަތޮޅުގެ އެހެން ރަށަކުން ކައުންސިލަށް މުވައްޒަފުން ނެގޭ އުސޫލެއް!

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން މަދު ކުދި ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ އަތޮޅެއްގެ އެހެން ރަށްރަށުން މުވައްޒަފުން ނެގޭނެ އާ އުސޫލެއް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލައި އާންމުކޮށްފިއެވެ.

ސީއެސްސީން އަލަށް އެކުލަވާލި މި އުސޫލު ބުނާ ގޮތުން، އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފަކު ނެގޭނީ ކައުންސިލުގެ ފާސްކޮށްފައިވާ އޮނިގަނޑުގައި ހިމެނޭ އަދި ބަޖެޓު ހަމަޖެހިފައިވާ މަގާމުތަކަށް އެކަންޏެވެ. އަދި މިފަދަ ހާލަތްތަކުގައި ވަޒީފާގެ ފުރުސަތު ހުޅުވާލަން ވާނީ މުޅި އަތޮޅަށް އަމާޒުކޮށްގެންކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މި އުސޫލުގެ ދަށުން ހޮވޭ މުވައްޒަފުންނަށް، އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ނަމަވެސް، ޝަރުތަކީ އެ މުވައްޒަފަކު ދިރިއުޅޭ ރަށަކީ ވަޒީފާ އޮތް ކައުންސިލް ނިސްބަތްވާ އަތޮޅުގެ ރަށަކަށް ވުމެވެ.

މީގެ އިތުރުން، މިގޮތަށް ހަމަޖައްސާ މުވައްޒަފުންގެ މަސައްކަތްތައް ބަލަހައްޓައި ސުޕަވައިޒް ކުރާނީ އެ މުވައްޒަފަކު މަސައްކަތަށް ނުކުންނަ ރަށެއްގެ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ ފަރާތަކުންނެވެ.

އަލަށް ވަޒީފާ ހަމަޖައްސާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދައުލަތުގެ ޕޭ ފްރޭމްވޯކާ އެއްގޮތަށް ދިނުމަށް ހަމަޖެހިފައިވާއިރު، ވަޒީފާ ދިނުމާއި ވަކިކުރުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ސިވިލް ސަވިސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުންނެވެ. އަދި ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނީ ސީއެސްސީން ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ އިދާރާއަކުންކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: