އަނެއްކާވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ރާއްޖެއަށް ގެނެސްފިއެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން އާދިއްތަވިލޭރޭ ކުރި ޓްވީޓެއްގައި ބުނީ، އޭޕްރީލް 25 ވަނަ ދުވަހުގައި ”އެމްވީ މިންނަތު“ ކިޔާ ކާގޯ ބޯޓަކުން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ގެނެސްފައިވާކަމަށެވެ.
އޭގެތެރޭގައި 2230 ކޭސް ބިހާއި، 800 ބަސްތާ އަލުތްވާއި، 288 ކެޔޮގަނޑާއި، 450 ފޮށިގަނޑުގެ ޓޮމާޓޯއާއި، 600 ބަސްތާ ކެބެޖުު ހިިމެެނޭޭކަަމަަށާާއި، 364 ކޭސް އަލަނާސިއާއި، 80 ބަސްތާ ބަރަބޮލާއި، 448 ކޭސް އަނބުގެ އިތުރުން 420 ބަސްތާ ކަރާ އަދި 1340 ބަސްތާ ފިޔާ ހިިމެެނޭޭކަަމަަށް ވެެސް އެމްޕީއެލްއިން ބުނެއެވެ.
މީގެ އިތުރުން، މި މަހުގެ 22 ވަނަ ދުވަހުގައި ވެސް، ގިނަ އަދަދެއްގެ ކާބޯތަކެތި ގެނެސްފައިވާކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.

