ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅަށް ފަންކްޝަން ކުރަން ފެށުމުން، ފުލުހުންގެ ފޮރިންސިކް ލެބްގައި ދުވާލެއްގެ މައްޗަށް 190 ޓެސްޓު ހެދިގެންދާނެ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފުލުހުންގެ ފޮރިންސިކް ލެބުގައި ކޮވިޑަށް ޓެސްޓު ކުރަން ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި، ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމަށް ނަގާ ސާމްޕަލްތައް 24 ގަޑިއިރު މަސައްކަތް ކުރަން ފެށުމުން ދުވާލެއްގެ މައްޗަށް 190 ޓެސްޓު ހެދިގެންދާނެ ކަމަށް އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.  

ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުންނަ މީހުންނާއި، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓުންގެ ސާމްޕަލައްތައް ޓެސްޓުކުރުމަށް ފުލުހުންގެ އިންޓެލިޖެންސް ޔިނިޓުގެ ޕީސީއާރު މެޝިނެއް ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި އެކަން ސަރުކާރުން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ މެޝިނުން ދުވާލެއްގެ މައްޗަށް 50 ޓެސްޓު ހެދޭނެއެވެ. އަދި ރަނގަޅަށް ފަންކްޝަން ކުރަން ފެށުމާއި އެކު ފުލުހުންގެ އިންޓެލިޖެންސް ޔުނިޓް ޕީސީއާރު މެޝިނުން ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރުވެގެން ދާނެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ ފުލުހުންގެ ފޮރިންސިކް ލެބުގައި ސާމްޕަލްތައް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުގެ މަތީން، މިވަގުތު ޕްރޮސެސް ކުރެވެމުން ދަނީ ޅ. ކުރެއްދޫ އައިލޭންޑްގެ ސާމްޕަލްތައް ކަމުގައި ނަވީން ވިދާޅުވިއެވެ. އަދި މިރޭ އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެކަން ފާހަގަކުރެއްވިއެވެ.

ސާމްޕަލްތައް ފޮރިންސިކް ލެބުގައި ޓެސްޓުކުރާއިރު އެކަމަށް، އިތުރު ބައެއް ޓެކްނީޝިއަނުން ތަމްރީން ކުރަމުން އަންނަކަމުގައި ނަވީން ވިދާޅުވިއެވެ. ނަވީން ވިދާޅުވީ، މަސައްކަތްތައް ފެށުމަށްފަހު، 24 ގަޑިއިރު ކުރާ މަސައްކަތުން ދުވާލެއްގެ މައްޗަށް 190 ޓެސްޓު ކުރެވޭނެ ކަމަށެވެ.

ނަވީން ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ އިދާރާއާއި ހަވާލު ކުރި 173 ސާމްޕަލްއެއް ނިމިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: