މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާ ކޮރޯނާ ވައިރަސްއަށް އިތުރު 11 މީހަކު ޕޮޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ، ބަންގްލަދޭޝްގެ 9 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ އެކަކާއި، އެއް ދިވެއްސެއް ކަމަށެވެ.
ރޭ ފަތިހު ވެސް ރާއްޖޭގައި 23 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އިތުރު ވި 11 ކޭސްއާއި އެކު ޖުމްލަ އަދަދު މިހާރު 188 އަށް އަރައެވެ.

