މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާ ކޮރޯނާ ވައިރަސްއަށް އަނެއްކާވެސް އިތުރު 3 މީހަކު ޕޮޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ޕޮޒިޓިވް ވީ ދެ ދިވެހިންނާ ޕާކިސްތާނު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ކުރިން 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ބަންގްލަދޭޝްގެ ނުވަ މީހުންނާ ދިވެއްސަކާ އިންޑިއާ މީހެކެވެ.
އަދި ރޭ ފަތިހު 36 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، ހަ ދިވެހިންނާއި އިންޑިއާ މީހެކެވެ.
މި އަދަދުތަކާއި އެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 191 އަކަށް އަރާފައެވެ.

