ކޮވިޑް 19 އަކީ ވަބާއެއްކަމަށް ޑަބްލިއުއެޗްއޯއިން ނިންމުމާއި މިއީ ދެވަނަ ބޮޑުހަނޤުރާމައަށްފަހު އިންސާނީޔަތަށް ދިމާވިއެންމެ ބޮޑުމުސީބާތް ކަމަށާއި ”ދުނިޔެ ބަނޑަށްޖެހިދާނެކަމަށް“ އެކުވެރިދައުލަތް ތަކުގެ ޖަމީއްޔާއިން ގޮވާލިއެވެ. އެކަމަކު އެ ގޮވާލުމުގެ އަޑުނާހާ ހަމައެކަނި އަތް ދޮވެލައިގެން ސަލާމަތްވެވޭ އާދައިގެ ރޯގާއަކަށް ކޮވިޑް-19 ބައެއް ބޭފުޅުން ހެއްދެވިއެވެ. ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ކެނޑިނޭޅި ރާއްޖޭގެ މައިދޮރާށި ބަންދުކުރުމަށް ގޮވާލުމުން އެކަމަށް ބީރު ކަންފަތެއް ދިނެވެ. އެންމެފަހުން އެކަމުގެ ހިތިރަހަ ކަރުބުޑުގައި ލައިފިއެވެ.
ދުނިޔޭގައި އުޅޭ ރޯގާއެއް ވިއްޔާ މިތަނަށްވެސް އަންނާނެޔޭ ބުނެ ގަދަބަސް ބުނުމުގެ ނަތީޖާ ވަރަށްވެސް ހިއްޗެވެ. ހުރިހާ ގެއްލުމަކާއި ޙަލާކެއް ކުރިމަތިވަނީ ނިކަމެތި ރައްޔިތުންނަށެވެ. އިދަޖެހި، ފުޑިގެންދަނީ މި ގައުމުގެ އިޤްތިޞާދެވެ. ކޮވިޑް-19 ގެ މި ރޯގާއަކީ ކޮންމެ ދުވަހަކު ދުނިޔެއަށްވެސް އާ ފިލާވަޅުތައް ދެމުންދާ އަބަދު ހާލަތު ބަދަލުކުރަމުންދާ އާ ރޯގާއެއްކަން މާކުރިންވެސް އޮތީ އެނގިފައެވެ. ރާއްޖޭގައި މި ބަލި ފެތުރިގެންފިނަމަ ރާއްޖެ އަތުނުޖެހި ދިއުމުގެ ފުރުސަތު އޮތްކަމުގެ ރަނގަބީލު ދިޔައީ އަޅަމުންނެވެ. ނަމަވެސް ބައެއް ވެރިންގެ ބޯހަރުކަމާއި ގޮތް ދޫނުކުރުމުން މިއަދު މިއޮތީ ބޯނެ ހުރިހާ ބޮނޑިއެއް ބޮވިފައެވެ. އެކަމަކުވެސް އަދިވެސް ދިމާކުރަނީ ކުރެވުނު ކަންކަން ދިފާޢުކުރާށެވެ. ކިތަންމެ ވަރަކަށް ދިފާޢުކުރިޔަސް ގޯސްވާނީ ގޯހަށެވެ.
މާލޭގެ ކަންތައްތައް ހުރިގޮތުން ރާއްޖޭގެ އެން މެ ހައި ރިސްކު ތަނެއްގެ ގޮތުގައި ބެލުވެނީ މާލެ އެވެ. އެހެންވެ މާލޭ މިނުރައްކަލުން ސަލާ މަތް ކުރަން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށް ދިޔައީ ގޮވަމުންނެވެ. މި ނުރައްކާތެރި ބަލި މަޑުކަން ހީކުރާވަރަށްވުރެ ދިގު ދެމިގެންވެސް ހިނގައިދާނެކަން މިވަނީ ކަށަވަރުވެފައެވެ. މިއަދަކު ދެން ބޭކާރު ވާހަކަ ދައްކަވާނެކަމެއް ނެތެވެ. ހުރިހާވެސް ޝުކުރެއް އޮތީ ހެއްދެވިފަރާތަށެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން ވަރަށް މަސައްކަތް އެބަކުރެއެވެ. އެކަމަކު ސަރުކާރުގެ މަސައްކަތްތައް ގޮންޖަހާއި ފާޑު ވިދާޅުވި ސިޔާސީ ”ރޯނު އެދުރުން“ މިއަދު މިހާލަތާއި ރާއްޖެ ބައްދަލުކުރުމުގެ ޒިންމާ ނަގަންޖެހެއެވެ.
މިރާއްޖޭގެ މިސްރާބު އެހެން ގޮތަކަށް އަބުރާލަނެ ކަމަށް ވިދާޅުވި މެންބަރުންގެވެސް ހިލަމެއް މިއަދަކު ނެތެވެ. މި ކޮވިޑަކާއި ލައިގެނެގެން ބައެއް މަޖްލިސް މެމްބަރުންނަށް ހައިސިއްޔަތު އޮޅި އެމީހުނަކީ ރައްޔިތުންގެ މައްޗަށް އަމުރު މައުރޫފު ހިންގަންތިބޭ ބައެއް ކަމަށް ހީވި ވަގުތުކޮޅެއްވެސް އަޔެވެ. ފަންނީ މާހިރުންނާއި ޑޮކްޓަރުންނަށްވުރެ ބޮޑަށް ކަންކަން އެނގި އަމިއްލަ އެޖެންޑާ ނެރުނުތަން ފެނުނެވެ. ރާއްޖެ އަބުރައިލުމަށް ވުރެ ބޮޑަށް ޖީބު ފުރާލެވޭނެ ގޮތަކަށް ވިސްނުމާއި ފިކުރު އިސްކުރެވުނީ ކަމަށްވެދާނެއެވެ. މަޖިލީހުގެ އެޖެންޑާ އިން ބޭރުވެ، ޗާރޓުން ފެއްސި، ބޯޑަރުން ބޭރުވި ހިސާބުން މުޅި ޢައުމުގެ އޭގެ ޕްލެޓްފޯމުން ކައްސާލިއެވެ.
ދުލުން ބުނެލާއިރަށް ގައުމެއްގެ މިސްރާބު ބަދަލެއްނުވާނެކަން މިހާރު އޮންނާނީ ސާފުކޮށް އެނގިފައެވެ. ”ދުނިޔެއެއް ހުއްޓައެއް ނުލެވޭނޭ ރާއްޖެއެއް ހުއްޓައެއް ނުލެވޭނޭ“ ކިޔާ ދެއްކި ވާހަކަތައް މިޖެހުނީ ކޮންތާކުހެއްޔެވެ. ސްޓޭކް ހޯލްޑަރުންގެ ލަފާގެ މަތިން ގައުމުގެ މައިދޮރާށި ވާނެ ހަޔެއްޗެއް ވީމާ ބަންދުކުރުމުން މިފެންނީ ނުލާހިކު ޗާލު މަންޒަރެކެވެ.
ސިއްޙީ ތަޖުރިބާކާރުން ވިދާޅުވީ ފުރަތަމަ ކޭސް ފެނުމާއެކު ރާއްޖެ ފުލް ލޮކްޑައުން އަކަށް ދިޔަނަމަ މިއަދު މިދިމާވެގެން އުޅޭ ތަކްލީފް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެކަމަކު ވިޔަފާރިވެރިންނާއި ދަނޑިވަޅުގެ ފައިދާނަގައި އަމިއްލަ ޖީބު ފުރަން އުޅުނު ބަޔެއްގެ ސަބަބުން އެކަންކުރެވޭ ގޮތް ނުވީއެވެ. މީ އެންމެނަށް އެނގޭ ބޮޑު ސިއްރެއްފަދަ ކަމެކެވެ. ހުރިހާ ކަމެއް މިހިސާބަށް ދިއީ ގޯސްތަކެއް ހެދުމުންނެވެ.
ސަރުކާރުންވެސް ފޮނި ވާހަކަ ދައްކާ ރައްޔިތުންގެ ލޮލޮގައި އެޅުވީ އަދުނެވެ. އެންމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރު ކަމަށް ބުނި އިރު، ކުއްލި ހާލަތުގައި ބޭނުންކޮށްލަންވެސް ހުރީ އެންމެ 97 ވެންޓިލޭޓަރެވެ. އިތުރަށް ގެންނަން ބުނި ވެންޓިލޭޓަރުތައްވަނީ އިބިލީހުގެ ކައިވެންޏަށްވެފައެވެ. ކުރިން ފިޔަވަޅުތައް ހަރުދަނާ ކުރީ އަނގަބަހުންނެވެ. ނަމަވެސް މާލެ ތެރެއިން ކޮވިޑް ފެނުމާއި އެކު އެޅި ފިޔަވަޅު ރަނގަޅުވެއްޖެއެވެ. ނަމަވެސް ޓެސްޓް ކުރެވޭނެ ގޮތާއި ކަންކަން އިންތިޒާމްތައް ނިކަން ދޯދިޔަލެވެ.ބަލާލިކޮންމެދިމާލަކުންއެކަންސާފުކޮށްދަނީފެންނަމުންނެވެ.އެންމެފުރަތަހަމަދުވަހުވެސްރަނގަޅުފިޔަވަޅުތަކެއްއެޅިނަމަމިހާލަތަކަށްނުދާނެއެވެ.

