ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 23 މީހަކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 214 އަށް އަރައިފި

މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ދަނީ ފެތުރެމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު މާލޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު 23 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް އަރައިފިއެވެ. 

ނެޝަނަލް އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ އާދީއްތަ ދުވަހު އެކަނި ވެސް މާލެއިން 73 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަިދ އާދީއްތަ ދުވަހުގެ ރޭ މި ފެނުނު 23 މީހުންނަކީ މީގެކުރިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ އެއްވެސް ކްލަސްޓާއަކާއި ގުޅުންހުރި ބައެއް ނޫން ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ، 

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިތުރު 23 މީހަކު ޕޮޒިޓިވްވެފައިވާކަން ޑރ އަފްޒަލް ހާމަކުރެއްވި ނަމަވެސް އެ މީހުންގެ ތެރޭގައި ހިމެނެނީ ކިތައް ދިވެހިން ކަމެއް ނުވަތަ ކިތައް ބިދޭސީން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

ރާއްޖެއިންް  މިހާތަނަށް 214 މީހަކު ކޮރޯނާ ވައިރަހަސް ޕޮޒިޓިވްވެފައިވާއިރު ބަޔަސް ފަރުވާ ދެވި ބަލިން ރަނގަޅުވެފައި ވަނީ 17 މީހުންނެވެ. އަދި މާލެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މި މަހުގެ 15 ދުވަހުއެވެ. އަދި އެދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާލެ ލޮކްޑައުން ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: