ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އަށް މިހާތަނަށް 560 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ: މަބްރޫކް

ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖެއިން ތައްޔާރުވާން ފެށި ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް 560 މިލިޔަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ ސެންޓަރުން ހާމަކޮށްފިއެވެ. 

ނެޝަނަލް އިމަޖެންސީ ސެންޓަރުން އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހަރަދުވި 560 މިލިޔަން ރުފިޔާގެ ތެރެއިން 84 މިލިޔަން ރުފިޔާއަކީ ޑިޒާސްޓަރ ޓްރަސްޓް ފަންޑުގެ ނަމުގައި ހުޅުވާފައިވާ ފަންޑުގައި ހުރި ފައިސާ ކަމަށާއި އެ ފައިސާ ބޭނުން ކޮށްފައި ވަނީ އެސްޓީއޯއިން ކަމަށާއި އަދި އެސްޓީއޯއިން އެ ފައިސާ ބޭނުން ކޮށްފައި ވަނީ 10 މަސް ދުވަހަށް ބޭނުންވާ ކާޑުގެ ބާވްތައް ގަތުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެސްޓީއޯއިން ބޭނުންކުރި ފައިސާ އަކީ ކާޑުގެ ބާވަތްތައް ވިއްކުމަށް ފަހު ޑުޒީސްޓަރ ޓްރަސްޓް ފަންޑަށް އަނބުރާ ދޭން ޖެހޭނެ ފައިސާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި  11 މިލިޔަން ރުފިޔާއަކީ  ޓުއަރިޒަމް ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ ފައިސާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ހެލްތު މިނިސްޓްރީ އާއި އެންޑީއެމްއޭގެ ބަޖެޓުން 386 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި  އެއީ ކޮވިޑްއާއި ގުޅިގެން ހިންގާ އޮރަޕޭޝަނަށާއި ޕީޕީއީ އާއި މެޑިކަލް އިކުއިޕްމަންޓް ފަދަ  ސާމަނު ގެނައުމަށް ކުރި ހަރަދު ކަމަށާއި އަދި އިމަޖެންސީ ސެންޓަރުގެ އެހެނިހެން ހަރަދުތައް ހިމެނޭކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އެގޮތުން ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށް 36 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. މީގެތެރެއިން 16.4 މިލިޔަން ރުފިޔާއަކީ ހުޅުމާލޭގައި ގާއިމް ކުރި މެޑިކަލް ފެސިލިޓީގެ މަރާމާތަށް ކުރި ހަރަދުކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި ހުޅުމާލޭގައި ގާއިމް ކުރި މެޑިކަލް ފެސިލީޓީއަށް ބޭނުންވާ މެޑިކަލް ސާމާން ގަތުމަށް 19.5 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. 

މީގެއިތުރުން ފަރުކޮޅުފުށީގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް 5.9 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އަދި އޭގެ ފަހުން ބައެއް މަރާމާތުތައް ކުރަން 1.4 މިލިޔަން ރުފިޔާ ފަރުކޮޅުފުށީގައި ގާއިމް ކޮށްފައިވާ ފެސިލިޓީއަށް ހަރަދުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ފަރުކޮޅު ފުށީގައި ގާއިމް ކޮށްފައިވާ ފެސިލިޓީއަކީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުން ބޭތިއްބުމަށް ގާއިމް ކޮށްފައިވާ ފެސިލިޓީއެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

މީގެއިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އައިސީޔޫތަކާއިއެކު އައިސޮލޭޝަން ފެސިލިޓީޒް ގާއިމް ކުރުމަށް 27 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާތަނަށް ހަރަދު ކުރެވުނު 560 މިލިޔަން ރުފިޔާގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ފަރާތުން ހަރަދުކޮށްފައިވާ ނުވަތަ ހޭދަކޮށްފައިވާ 6.3 މިލިޔަން ރުފިޔާ ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ފޮރިން މިނިސްޓްރީގެ ފަރާތުން ހަރަދުކޮށްފައިވާ ފައިސާއަކީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހުނު ދިވެހިންނަށް އެހީތެރިވުމަށް ބޭނުންކުރި ފައިސާ ކަމަށާއި އަދި ރާއްޖެއިން ބޭރުގައި ތިބި މެޑިސިން ކިޔަވާ ކުދިން ރާއްޖެ ގެނައުމަށް ވެސް ފޮރިންމިނިސްޓްރީން ފައިސާ ހަރަދުކޮށްފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. 

މީގެއިތުރުން މިހާރު މާލޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ގޮތަށް ބަލި ފެތުރެމުންދާނަމަ ރާއްޖޭގެ ހާލަތަށް ބަލައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 1.4 ބިލިޔަން ރުފިޔާ ހޭދަކުރަން ޖެހިދާނެކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. 

މީގެއިތުރުން މިހާތަނަށް ކަރަންޓީން ފެސިލިޓީޒްތަކަށް ހަރަދުކޮށްފައިވާ ވަރުވެސް މަބްރޫކް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ވެލިދޫއާއި ވިލިވަރުގައި ކަރަންޓީން ފެސިލިޓީޒް ގާއިމް ކުރުމަށް ހަރަދުކޮށްފައި ވަނީ ޓުއަރިޒަމް ޓްރަސްޓް ފަންޑުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ވެލިދޫ ކަރަންޓީން ފެސިލިޓީ ގާއިމް ކުރުމަށްޓަކައި ހަތަރުސްތޭކަ ފަސްދޮޅަސް ނުވަހާސް ރުފިޔާ ހަރަދުކޮށްފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި ވިލިވަރު ކަރަންޓީން ފެސިލިޓީ ގާއިމް ކުރުމަށް  6.6 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. 

މީގެއިތުރުން ކަރަންޓީން ފެސިލިޓީޒްގެ ގޮތުގައި ބޭނުން ކުރަމުންދާ ރިސޯޓޫތަކުގައި މިހާތަނަށް 2715 މީހުން ބޭތިއްބިފައިވާއިރު ރިސޯޓުތަކަށް ސަރުކާރުން ފައިސާ ދައްކާފައި ވަނީ ކޮންމެ ރިސޯޓަކުން ވެސް ބޭނުންކުރާ ކޮޓަރިތަކަށް ކަމަށާއި އެގޮތުން ދުވާލަކަށް ކޮންމެ ކޮޓަރިއަކަށް 750 ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ރިސޯޓުތަކުން ސަރުކާރުން ބޭނުންކުރާ ކޮޓަރިތަކަށް ދުވާލަކަށް ދައްކަން ޖެހޭ 750ރ އަކީ ކެއުމާއި ކަރަންޓާއި އެހެނިހެން އޮޕަރޭޝަނަލް ހަރަދުތައް ވެސް ހިމަނައިގެން ދައްްކަން ޖެހޭ ފައިސާ ކަމަށް  މަބްރޫކް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: