ކޮވިޑް-19 އާއި ގުޅިގެން، ކ.މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކ.މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ބަޔާންކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާދީއްތަ ދުވަހުގެ ރޭ ، އެ ރަށު ކައުންސިލްގެ އިދާރާއަށް ލިޔުމަކުން އެ ކަން އަންގާފައެވެ.
މި ގޮތުން އެޗްޕީއޭއިން މާފުށި ކައުންސިލްގެ އިދާރާއަށް ފޮނުވި ލިޔުމުގައި ބުނީ، މި އެންގުން އަންގާ ވަގުތުން ފެށިގެން، ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.
މާާފުުށިި މޮޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް އެޗްޕީއޭއިން ލިޔުން ފޮނުވާފައިވަނީ، ހޯމަވިލޭރޭ 20:48 ގައެވެ.
މީގެ އިތުރުން އެޗްޕީއޭއިންވަނީ، ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި، ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެެ ރަަށުު ކަައުުންްސިިލަަށްް އަންގާފައެވެ. އަދި މި ކަންތައްތަކުގައި މާފުށީ ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަންކަން ވިލަރެސްކުރާނެ ފަރާތެއް ކަނޑައަޅައި އެ ކަން އެޗްޕީއޭއަށް އެންގުމަށް ވެސް، އެ ލިޔުމުގައިވެއެވެ.
މާފުށީގެ އިތުރުން އާދިއްތަދުވަހު ވެސްވަނީ ގިނަ ތަންތަން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި ގޮތުން އަމީން އެވެނިއު އޯކްއާއި، ޑްރީމްލައިޓް/ށ.ފުނަދޫއާއި، ހ.ފުއްކަފަމާގެއާއި، މއ.މެނީލާގޭގެ އިތުރުން، އިންޓަރ ކައުންޓަރ ޝޮޕް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެންފެށިފަހުން، އާާދިިއްްތަަދުުވަަހުު މިވަނީ ރެކޯރޑް އަދަދަކަށް، މި ވައިރަހަށް މީހުން ޕޮޒިޓިވްވެފައެވެ. މި ގޮތުން އާދިއްތަ ދުވަހު ވެސް މި ވައިރަހަށް 73 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

