ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށަށް ފޮނުވުމަށްޓަކައ، ވޭތުވެދިޔަ 7 ދުވަހުގެތެރޭ އެސްޓީއޯއިން 40,000 ބަސްތާގެ ކާޑު އޮޑިފަހަރަށް އަރުވައިފި

ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ހިސާބުތަކަށް ކާޑުގެ ބާވަތްތައް ފޮނުވުމަށްޓަކައި، ވޭތުވެދިޔަ ހަތް ދުވަހުގެތެރޭގައި އެސްޓީއޯއިން 40,000 ބަސްތާ ކާޑު އޮޑިފަހަރަށް އަރުވައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު އަންގާރަވިލޭރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މި ކަން ކަށަވަރުކޮށްދެއްވާފައެވެ.

އަމްރު ވިދާޅުވީ، ފާއިތުވެދިޔަ ހަތްދުވަހުގެތެރޭގައި، ރަށްރަށަށް ކާޑުގެންދާ އޮޑިފަހަރަށް 40,000 ބަސްތާ މިހާރު އަރުވާފައިވާކަމަށެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ކޮވިޑް-19 އިގެ ދަތިތަކާއެކު ރޯދަމަސް އައުމުން ކާޑުގެ ބޮޑު ޑިމާންޑެއް އައިކަމަށެވެ. މި ގޮތުން އައި ޑިމާންޑަށް ކޭޓާކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ކޮންމެ ދުވަހަކު ވެސް ނުހަނު ގިނަ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަސް ދިމާވެފައިމިވަނީ ޚާއްސަ ހާލަތެއްގައިކަމަށްވާތީ ކާޑުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

ނަމަވެސް ކާޑުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، މާލެ ސަރަޙައްދު ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގެންދެވޭނެކަމަށް އަމްރު ވިދާޅުވިއެވެ.

 

”މި އަހަރުގެ ރޯދަމަސް ދިމާވެފައި މިވަނީ ޚާއްސަ ހާލަތެއްގަ ކަމަށްވާތީ ކާޑުގެ ޑިމާންޑް ވަނީ އިތުރުވެފަ، ނަމަވެސް އިރާދަކުރެއްވިއްޔާ ކާޑުގެ ދަތިކަމެއްނެތް“ އަމްރު

އަމްރު ވިދާޅުވީ، ރަށްރަށުގައި ކާޑު ހުރި މިންވަރު ބެލުމުގެ މަސައްކަތްތައް މިހާރު ވެސް ކުރަވަމުން ގެންދަވާކަމަށެވެ.

އެެ ކަންކަން ބެލުމަށްޓަކައި 58 ރަށެއްގެ ކައުންސިލާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރައްވާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

”ރަށްރަށުގެ ކާޑު ހުރި ވަރު ބެލުމަށް އަޅުގަނޑު މިދަނީ ގުޅަމުން. 58 ރަށެއްގެ ކައުންސިލާ ގުޅިފަވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ރަށަކަށް ގުޅާ ކާޑުގެ ދަތިކަމެއް އޮތްނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރާނަން.“ އަމްރު

މީގެ އިތުރުން އަމްރުވަނީ، ހުރިހާ ރަށަކަށް ގުޅައި ކާޑުގެ ދަތިކަމެއް އޮތްނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: