ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ރަމަޟާން މަހާ ގުޅިގެން ޚާއްސަ އޮފަރ ތަކެއް ތައާރަފުކޮށްފި

ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަ އޮފަރަތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރަމަޟާން މަސް މުސްލިމް އުންމަތާ ކުރިމަތލާން ޖެހުނީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިއެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިރިއުޅޭ މުސްލިމުންގެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހިފައިއެވެ.

އެގޮތުން، ދިވެހި ރާއްޖޭގައިވެސް މިވަނީ، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން މިސްކިތްތައްވެސް ވަނީ ބަންދުކޮށްފައިއެވެ. މި ރަމަޟާން މަހު އެހެން އަހަރުތަކާ ހިލާފަށް ނަމާދު ކުރުމާ، އަޅުކަން ކުރުމާއި ރޯދަ ވީއްލަން ޖެހިފައި މިވަނީ ގޭގައިއެވެ. އަދި އާއިލާއާ ރައްޓެހިންގެ ހާލުބަލާ، ގުޅުންބަދަހި ކުރަން ޖެހިފައިމިވަނީ އިންޓަނެޓްގެ ޒަރިއްޔާއިން ސޯޝަލް މީޑިއާ ނުވަތަ މީސް މީޑިއާ މެދުވެރިކޮށެވެ.

މި ފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި ދިރާގުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ތަފާތު ގިނަ އޮފަރ ތަކެއް ވަނީ ތަޢާރަފްކޮށްފައިއެވެ.

ދިރާގު މޯބައިލް ޕޯސްޓްޕެއިޑް

ދިރިއުޅުމަށް މި ގެންނަން ޖެހިފައިވާ ބަދަލުތަކުގެ ސަބަބުން، ކުރިއަށް ވުރެވެސް ބޮޑަށް ސޯޝަލްމީޑިއާގެ ބޭނުން ވަނީ އިތުރު ވެފައިއެވެ. އެގޮތުން، ދިރާގު މޯބައިލް ޕޯސްޕެއިޑް ހުރިހާ ކަސްޓަމަރުންށް އިތުރު ސޯޝަލް މީޑިއާ ޑޭޓާ ލިބިގެންދާ ޕްރޮމޯޝަންގެ މުއްދަތުވަނީ މެއި މަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިއެވެ. މިހާރު ކުރިއަށް މިދާ ޕްރޮމޯޝަންގައި އިތުރު 10 ޖީބީ އާ ހަމަޔަށް ލިބިގެންދާނެއެވެ.

އެގޮތުން، ދިރާގު ޕޯސްޑްޕެއިށް 350،550 އަދި 750 ގެންގުޅުއްވާ ކަސްޓަމަރުންނަށް އިތުރު 2ޖީބީ ލިބިގެން ދާއިރު، ޕޯސްޑްޕެއިޑް 1000 އަށް އިތުރު 5ޖީބީ އަދި ޕޯސްޑްޕެއިޑް 1700 އަށް 10 ޖީބީގެ އިތުރު 10 ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބިގެން ދާނެއެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް

މި ރަމަޟާންމަހު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރުމުގައި އިތުރު ލުއފަސޭހައެއް ފޯރުކޮށްދިނުމުގެ ގޮތުން، އެންމެ 75 ރުފިޔާއަށް 3ޖީބީގެ ޑޭޓާ ލިބިގެންދާ ޑޭޓާ ޕެކެއް ވަނީ ތަޢާރަފުކޮށްފައިއެވެ. މި ޑޭޓާގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން 7 ދުވަސް ވަންދެނެވެ. މިގޮތުން، ކަސްޓަމަރުންނަށް މި ޑޭޓާ ބޭނުންކުރުމަށް އިތުރު ލުއި އަދި ފަސޭހަކަން ލިބިގެންދާނެއެވެ. މި އޮފަރ ކުރިއަށް ދާނީ މެއި މަހުގެ ނިޔަލަށެވެ.

ދިރާގުން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމީޝަންތަކެއް

ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން

މާލެ ސިޓީ ލޮކްޑައުން ހާލުތުގައި ވުމުގެ ސަބަބުން ޕިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިއެވެ. އެހެން އަހަރު ތަކޭ އެއްފަދއިން މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ޕޭ ގެ ޚިދުމަތް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވަނީ ދިރާގުން ފަހިކޮށްދީފައިއެވެ. އެސް.އެމް.އެސް. މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ *454*5# އަށެވެ.

ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދިރާގު މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދޭންވަނީ ނިންމާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: