ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19 އިގެ މިހާރުގެ ހާލަތާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީއާއި، ރައީސް ޞާލިޙް މަޝްވަރާކުރައްވައިފި

~ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް~ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އިގެ މިހާރުގެ ހާލަތާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަރޑް އޮނަރަބަލް ޑޮމިނިކް ރާބް އާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

އޮނަރަބަލް ޑޮމިނިކް ރާބް އާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަޝްވަރާކުރައްވައިފައިވަނީ، އަންގާރަދުވަހުގެ މެންދުރުގެ ވަގުތެއްގައި ފޯނުގެ ޒަރީޢާއިންނެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަރޑް އޮނަރަބަލް ޑޮމިނިކް ރާބ

މި މަޝްވަރާކުރެއްވުމުގައި، ދެ ބޭފުޅުން ވެސް ވަނީ، ކޮވިޑް-19 ގެ ގުޅިގެން ދެ ޤައުމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ބެހޭގޮތުން ހިއްސާކުރައްވާފައެވެ.

މި ގޮތުން، ރައީސް ޞާލިޙް ވިދާޅުވީ  ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފުރަތަމަ ފެނުނުފަހުން، މަސްދުވަސްވީއިރު ވެސް ޢާންމުންގެ ތެރޭގައި ބަލިމަޑުކަން ފެތުރުނަ ނުދީ ރަަމަަތަަކޮޮށްްލެެވުުނުު ކަމަށެވެ.

އެހެންނަމަވެސް ފާއިތުވި ދިހަ ދުވަހުގެތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު، މި ވައިރަސް ފެތުރެން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްވަނީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަލިއަޅުވަައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ގޮތުން، ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާކަމަށާއި، ގްރޭޓަރ މާލެ ސަރަޙައްދު ލޮކްޑައުންކޮށް، ރާއްޖޭގެ ހުރިހައި ހިސާބެއްގައި ވެސް އިޖުތިމާޢީ ގައިދުރުކަމުގެ (ސޯޝަލް ޑިސްޓެންސިން) ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުއިސައްތައަށް ވުރެ އިތުރުވެފައިވާކަމަށާއި، ނަމަވެސް ކަމާގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކީގައި، ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުން މި ވައިރަސް ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނެކަމާމެދު ޔަޤީންކުރައްވާކަމަށެވެ.

ރައީސް ވަނީ މި ބަލިމަޑުކަމުގެ ސަބަބުން، އިނގިރޭސި ވިލާތަށް ކުރަމުން އަންނަ އަސަރުތައް ދެނެވަޑައިގަންނަވައިގެން ހުންނެވިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސްވަނީ، ކުރިއަށް އޮތްތަނުގައި ރަސްމީގޮތުން އޮފީހާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.

މަޝްވަރާ ނިންމަވައިލައްވަމުން ރައީސްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުވަައިިލަައްވާފައެވެ. މި ގޮތުން ރައީސްވަނީ، ދިވެހިރާއްޖެ އަލުން ކޮމަންވެލްތްގެ މެންބަރަކަށްވުމަށް އެ ޤައުމުން ދެއްވި އެއްބާރުލެއްވުމަށާއި، އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: