ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ފަސް ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހާއްސަ ބިލް ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއިން ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލް ފާސްކޮށްފައި ވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. 

މަޖިލީހުން ބިލް ފާސްކޮށްފައި ވަނީ  ބިލަށް ދެ މާއްދާއެއް އިތުރުކޮށްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ވެސް ބާއްވަން ޖެހޭނެ ކަމަށް ބުނެ ބިލަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އަދި  ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާއި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ އެޑްރެސް ބަޔާންކޮށްފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ރެޖިސްޓްރީ ކުރުމާއި ވޯޓު ފޮށީގެ އަދަދާއި ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދާއި ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަލުން ކުރަން ޖެހޭނެ ކަމަށް ބުނެ މާއްދާއެއް ވެސް ބިލަށް ވަނީ އިތުރުކޮށްފައެވެ.  

އެންމެ ފުރަތަމަ  ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމީ މި މަހުގެ  18 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.

ފަހުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސް ކުރުމަށް އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ނިންމިއެވެ. ފަހުން އެ މައްސަލަ ހައިކޯޓުން ނަގާ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނެގިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ނަގާފައި ވަނީ މި މައްސަލައަށް އަވަސް ޙައްލެ ރައްޔިތުންގެ މަޖިލީހުން ގެނެސްދޭނެ ކަމަށް މަޖިލީހުން ބުނުމުންނެވެ.

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ ބިލްގައި ބުނެފައިވާ ގޮތުގައި އެ ބިލަކީ  މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޢަހުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި  އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ފަސްކުރެވިގެންދާނެއެވެ. އަދި  ފަސްކުރެވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021 ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ. 

ބިލްގައި ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ.

މީގެއިތުރުން ބިލްގައި ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ ދަށުން އިލްކެޝަންސް ކޮމިޝަނުން ކުރިއަށްގެންގޮސްފައިވާ އެންމެހައި އިޖުރާއަތުތައް އެއީ،  އިންތިޚާބުގެ ބޭނުމަށްޓަކައި ޞައްޙަ އިޖުރާއަތުތަކެއް ކަމުގައި ބެލޭނެއެވެ. އަދި އެއިން އެއްވެސް އިޖުރާއަތަކީ، އެ އިންތިޚާބު ފަސްކުރެވުމުގެ ސަބަބުން އަލުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތަކެއް ނޫން ކަމަށް ވެސް ބިކްގައި ވަނީ ބުނެފައެވެ. 

ބިލްގައި އިތުރަށް ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމުގައި 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން،  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: