ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރަކާއި ނަރުހެއް ކަރަންޓީންކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ނަރުދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނުމާއި ގުޅިގެން  މިވަގުތު ނަރުދޫ ސިއްހީ މަރުކަޒުގައި ހިދުމަތްދުމުންދާ ހަމަ އެކަނި ޑޮކްޓަރު ކަރަންޓީނު ކޮށްފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ނަރުދޫއަށް ދިޔަ، ”އަމާޒު“ ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއިއެކު އެރަށް މޮނީޓަރިންގ ހާލަތަށް ގެނެވުނެވެ. އަދި އޭގެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 8 މީހަކު އެރަށުންވަނީ ފެނިފައެވެ. މި އަށް މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބަޔެކެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ.

ކައުންސިލްގެ މެމްބަރު އަހުމަދު ނިޒާރު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑޮކްޓަރު ކަރަންޓީނަށް ދާންޖެހުނީ ބައްޔަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެންނެވެ. އަދި ޑޮކްޓަރުގެ އިތުރުން އެރަށު ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހަކުވެސް ވަނީ ކަރަންޓީން ކުރެވިފައެވެ.

ޑޮކްޓަރުން ފިޔަވައި ދެން ނަރުދޫ ސިއްހީ މަރުކަޒުގައި ތިބެނީ ދެ ނަރުހުންނެވެ. އެހެންވެ މިހާރު ސިއްޙީ މަރުކަޒުގައި ޚިދުމަތް ދިނުމުގެ މަސައްކަތުގައި އުޅެނީ އެންމެ ނަރުހެކެވެ. މީގެ އިތުރުން ”ނަރުދޫ ޓާސްކް ފޯސް“ ގައި ހިމެނޭ ބައެއް މީހުންނާއި ސިއްޙީ  ދާއިރާގައި މައްސައްކަތްކުރާ މީހުންގެ އިތުރުން ކައުންސިލަރުން ވެސް ވަނީ ކަރަންޓިނަށާއި ހޯމް އައިސޮލޭޝަންއަށް ގެންގޮސްފަ އެވެ.

އަމާޒު ބޯޓާ ގުޅިގެން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ނުވަ އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ. އެގޮތުން ށ. ނަރުދޫއިން އަށް މީހަކާއި އަދި ށ. މިލަންދޫގައި އިތުރު މީހަކު އެ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައިވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވީ ”އަމާޒް“ ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ. ޖުމްލަ 91 މީހަކު ދަތުރުކުރި އެ ބޯޓަކީ މާލެ ލޮކްޑައުން ކުރުމުގެ ކުރިން ފުރި ބޯޓެކެވެ. ނަރުދޫގައި މިހާރު އޮތީ ކޮމިޔުނިޓީ ޓްރާންސްމިޝަނެކެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނެނީ އެއް ކްލަސްޓާއެއްގައި ހިމެނޭ މީހުންނެވެ.

ނަރުދޫ ސޯޝަލް ސަޕޯޓް ޑެސްކުގެ ފޯކަލް ޕޮއިންޓް އަދި ކައުންސިލްގެ ޒިންމާދާރު ވެރިޔާ މޫސާ ހުސައިންފުޅު އޮންލައިން ނޫހަކަށް ވިދާޅުވީ މި ހާލަތުގައި އެންމެ ބޮޑަށް ކަންބޮޑުވަނީ ބަލި ޖެހުނު މީހުންނަށް ފަރުވާ ދޭނެ ގޮތެއް ނެތުމުން ކަމަށެވެ.

އެމީހުން ފަރުވާއަކާ ހިސާބަށް ގެންދެވެންދެން ނަގާ ކޮންމެ މިނެޓަކީ ނަރުދޫ ކޮންމެ މީހަކަށް ވެސް ހާސްކަން ވެރިވާނެ މިނެޓެއް ކަމަށް މޫސަ ވިދާޅުވި އެވެ

އެ ރަށު ކައުންސިލު ރައީސް އަހްމަދު އާރިފް ވިދާޅުވީ އެ ރަށުގެ ގިނަ މީހުން ތިބީ ޕޮޒިޓިވްވި މީހުންނާ ކޮންމެވެސް ގޮތަކަށް ކޮންޓެކްޓްވެފައި ކަމަށެވެ.

ނަރުދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒް ބޯޓުގެ ކެޕްޓަނުގެ އަންހެނުންނާއި، އެ ދެމަފިރިންގެ ތިން ދަރިންނާއި، ”އަމާޒު“ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުންގެ އިތުރުން، ކައްޕި އާއި އެއްގެއެއްގައި ދިރިއުޅެމުން އަންނަ މާބަނޑު އަންހެނެކެވެ.

އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 13 ރަށަކަށް ބޯޓް ދަތުރުކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު، ރާއްޖެއިން ޖުމްލަ 256 މީހަކުވަނީ ކޮވިޑް-19 ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، 104 ދިވެހިންނާއި، 152 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: