ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ފުރަތަމަ ދައުރުގައި ޗުއްޓީ ނުލިބޭ ގޮތް ހަދައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެމަޖިލީހުގެ މިހިނގާ ފުރަތަމަ ދައުރުގައި ޗުއްޓީ ނުލިބޭގޮތަށް ހަދައި، މޭ މަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ދިގުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ދައުރު ދިގުކުރަން ނިންމީ މިމަހުގެ ނިޔަލަށް ފުރަތަމަ ދައުރުގެ މުއްދަތު ހަމަވާތީއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ މެމްބަރުންގެ ޗުއްޓީ ކެންސަލްކޮށް، ޖަލްސާތައް ކުރިއަށް ގެންދަން މަޖިލީހަށް ހުށަހަޅައިފައެވެ.

އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާރު ދިމާވެފައިވާ ހާލަތުގައި މަޖިލިސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ މިދިޔަ މަހުގެ 31 ގައެވެ. މީގެ އިތުރުން ކޮމެޓީތައް ވެސް ކުރިއަށް ގެންދަނީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ފަސް ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހާއްސަ ބިލް ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: