ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ތިލަމާލެ ބްރިޖު ބައްލަވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެފްކޮންސްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މަޝްރޫގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

ބުރިޖު ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފައިމަގުން މާލެއިން ވިލިމާލެއަށް ވަޑައިގެންފައެވެ. މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެފަހު ސެގްމަންޓު ގުޅާލީ، ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. 2022ވަނަ އަހަރު ފެށި މި ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެންނެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.

އެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެއީ އޭރު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ ސުޕަސްޓްރަކްޗާގެ އެންމެ ފަހު ސެގްމަންޓް ކާމިޔާބުކަމާއެކު ބަހައްޓައި، މާލެ އާއި ވިލިމާލެ ކަނޑުމަގުން ގުޅާލައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: