ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް އިތުރު 13 ދިވެއްސަކު ޕޮޒިޓިވްވެ، ބަލި ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ އަދަދު 269 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި އެންމެނަކީ އާރުއެސްސީ ކްލަސްޓާއަށް ނިސްބަތްވާ ބައެކެވެ.
ބުދަ ދުވަހު ޕޮޒޮޓިވްވިކަން އިއުލާންކުރި 6 މީހުންގެ ތެރޭގައިވެސް 5 ދިވެއްސެއް ހިމެނެއެވެ. ދެން ޕޮޒިޓިވްވެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 117 އަށް އިތުރުވީއިރު، ބަލިޖެހުނު ބިދޭސީންގެ އަދަދު ވަނީ 152 އަށް އަރާފައެވެ. އޭގެ ތެރެއިން 115 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
މާލެއިން ކޮވިޑް-19 ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިދިއަ ހޮނިހިރު ދުވަހުގެ ފަހުން ރާއްޖޭގެ އެކި ރަށްރަށުން ކޮވިޑަށް ޕޮޒިޓިވް މީހުން އަންނީ ފެންނަމުންނެވެ.

