ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. ރިޔާޒް

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އައްޔަންކުރި ޑރ. އަހުމަދު ރިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްްސް ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހުމަދު ރިޔާޒް އައްޔަންކުރައްވައިފިއެވެ.

މޯލްޑިވްްސް ސްޓެޓިސްޓިކްސް ބިއުރޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ރިޔާޒު އެ މަގާމަށް އައްޔަނުކުރީ މިދިޔަ އޮގަސްޓް މަހުގެ 23ގައެވެ.

ޑރ. ރިޔާޒު އެ މަގާމަށް އައްޔަނުކުރެއްވީ، އެ މަގާމުގައި ހުންނެވި އައިޝަތު ހަސަންގެ ދައުރު މިދިޔަ މަހު ހަމަވުމުންނެވެ.

ޑރ. ރިޔާޒު ޕީއެޗްޑީ ހާސިލުކުރައްވާފައިވަނީ އެޑިއުކޭޝަނަލް ސައިކޮލިޖީގެ ދާއިރާއިންނެވެ. އޭނާ ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި)ގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު މީގެ ކުރިން އަދާކުރައްވައިފައެވެ. އަދި ހިސާބު ޓީޗަރެއްގެ ވަޒީފާ ވެސް އަދާކުރެއްވިއެވެ.

ޗީފް ސްޓެޓިސްޓީޝަންއަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކު ފަސް އަހަރުގެ މުއަދަތަކަށް އައްޔަނުކުރާ މަގާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: