ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސީބާތެއްގެ ތެރެއިން އެއް މަސް ތެރޭ ރާއްޖޭގެ ގިނަ ވިޔަފާރިތައް ނޭވާހޮޅިޔަށް ދިއުމަކީ ވިސްނަން ޖެހޭ ކަމެއް: އިކޮނަމިކް މިނިސްޓަރ

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް ބޮޑު މުސީބާތެއް ކުރިމަތިވިތާ މަހެއްހާ ދުވަސް ތެރޭގައި ރާއްޖޭގެ ގިނަ ވިޔަފާރިތައް ނޭވާހޮޅިޔަށް އެޅިފައިވާ ކަމަށާއި އެއީ ވަރަށް ބޮޑަށް ވިސްނައި ދައުލަތުން ވެސް އެހީތެރިކަން ފޯރުކޮށް ދޭންޖެހޭ ކަމެއް ކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ފައްޔާޒް މިފަދައިން ވިދާޅުވީ  ކޯވިޑް-19އާ ގުޅޭގޮތުން މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގެ ތެރެއިން ކޮމިޓީއަށް ފޮނުވާފައިވާ ކަންކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއާއި އެއްވަރަކަށް ރާއްޖޭގެ އެހެން ސިނާޢަތްތައް، މަސްވެރިކަމާއި ދަނޑުވެރިކަމާއި އެ ނޫންވެސް ދާއިރާތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސާދު އެހެން މިސްރާބަކަށް ބަދަލު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލު ގެންނަން ޖެހޭ އެއް ދާއިރާއަކީ ރާއްޖޭގެ މާލީ ދާއިރާ ނުވަތަ މާލީ ނިޒާމް ބައްޓަން ކުރެވިފައިވާ ގޮތް ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމައެކަނި ޓުއަރިޒަމް ދާއިރާއަށް ބަރޯސާވެފައިވާ އޮތުން ނިމުމަކަށް ގެނެސް ރާއްޖޭގެ އިގްތިސާދު ކުރިއަސް ގެންދިއުމަށްޓަކައި ރާއްޖޭގެ މާލީ ދާއިރާއާއި ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެނެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މި ވިސްނުމަކީ ހަމައެކަނި ކޮވިޑް19އިގެ ސަބަބުން ވިސްނާ ވިސްނުމެއް ނޫން ކަމަށާއި އޭގެ ކުރިން އެކަން ކުރަން ޖެހޭކަން ސަރުކާރުން ގަބޫލު ކުރާ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. 

އެމަނިކުފާން ވިދާޅުވީ ކޮވިޑް19 ފަދަ ބޮޑު މުސީބާތެއް ދުނިޔެއަށް ކުރިމަތިވެ އެކަމުގެ އަސަރު ރާއްޖެއަށް ކުރިތާ އެއް މަސް ދުވަސް ތެރޭގައި ރާއްޖޭގެ ގިނަ ވިޔަފާރިތައް ނޭވާ ހޮޅިޔަށް އެޅިގެން ދިއުމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބަދަލު ގެންނަން ޖެހޭ ކަމުގެ ހެއްކެއް ކަމަށާއި އެކަމާއި މެދު ދައުލަތުން ވިސްނާ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ މުސީބާތެއްގެ އެންމެ ކުރީޚޮޅު ވިޔަފާރިތައް ނޭވާހޮޅިޔަށް އެލޭފަދަ ހިސާބެއްގައި ކުރިއަށްދާ ކަމީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ އަދި ބަދަލު ގެންނަން ޖެހޭ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. 

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއިން ބޮޑެތި ބާރުގަދަ ވިޔަފާރިތަކަށް ފިޔަވައި އެހެން ވިޔަފާރިތައް ކުރިއަރުވަން މާލީ އިދާރާތަކުން އެހީތެރިކަން ނުލިބޭ ވާހަކަ އެންމެން ވެސް ދައްކާ ކަމަށާއި މިއަދު އެ މެންޒަރު ވަރަށް ސާފުކޮށް ފެންނަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެއީ އަވަސް ބަދަލެއް ގެންނަް ޖެހޭ ކަމެއްކަން އެމަނިކުފާން ފާހަގަ ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: