ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވްވި ކުޑަކުދިންގެ ހާލު ރަނގަޅު: ޑރ. ފައިސަލް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވް ހުރިހާ ކުޑަކުދިންގެވެސް ޙާލު ރަނގަޅު ކަމަށް ކުޑަކުދިންގެ ޚާއްސަ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖޭން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި 15 ކުޑަ ކުއްޖަކު ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވި ނަމަވެސް އެކުދިންގެ އުމުރު ހާމަ ކުރައްވާފައެއް ނުވެއެވެ. ކޮވިޑަށް ޕޮޒިޓިވް ކުޑަ ކުދިންގެ ތެރޭގައި 2 އަހަރާއި 5 އަހަރު އަދި 8 އަހަރުގެ ކުދިން ހިމެނޭކަން ކޮވިޑް މައުލޫމާތު ހިއްސާ ކުރާ ހެލްތު މިނިސްޓްރީގެ ޑޭޝް ބޯޑުން އެނގެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕޮޒިޓިވްވެފައިވާ 15 ކުޑަކުދިންގެ ޙާލުވެސް ރަނގަޅު ކަމަށެވެ. އަދި ޕޮޒިޓިވްވި  40 ޕަސެންޓް ކުދިންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަ ކަމަށާއި 40 ޕަސެންޓް ކުދިންގެ ފަރާތުން ހުމުގެ ޢަލާމާތް ފެނިފައިވާއިރު 20 ޕަސެންޓް ކުދިންގެ ކެއްސުމުގެ ޢަލާމާތް ހުރިކަމަށެވެ.

މީގެ އިތުރުން 13 ޕަސެންޓް ކުދިންގެ ކަރުގައި ރިއްސުމުގެ އަލާމާތް ފެނިފައިވާއިރު، އެއް ޕަސެންޓް ކުދިންނަށް ރަހަނުލުމާއި ވަސް ނުދުވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

 

https://twitter.com/Faisalnaifaru/status/1256261318098792449

މިހާރު ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 491 އަށް އަރާފައިވާ އިރު، މިވަގުތު މި ބައްޔަށް ޕޮޒޓިވްވެފައިވާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 87 އަހަރެވެ. އަދި ކޮވިޑަށް ޕޮޒިޓިވް 83 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: