ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓުން ރިލީފް ފަންޑެއް ލޯންޗުކޮށްފި

ފޮޓޯ: މޯލްޑިވްސް ރެޑް ކްރެސެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓުން(އެމްއާރްސީ) ރިލީފް ފަންޑެއް ލޯންޗުކޮށްފިއެވެ.  

އެމްއާރްސީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ރިލީފް ފަންޑެއް ހުޅުވައިލާފައިވާކަމަށާއި، މި ފަންޑަކީ ކޮރޯނާ ވައިރަހާއި ގުޅިގެން އެ ޖަމްޢިއްޔާއިން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ. 

މީގެ އިތުރުން އެމްއާރްސީން ބުނީ،  ރިލީފް ފަންޑުގެ ބޭނުމަކީ، ކޮރޯނާ ވައިރަހުގެ ކާރިސާއާއި ގުޅިގެން އިޖުތިމާއީ ގޮތުންނާއި، އިޤުތިޞާދީ ގޮތުން ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން މަޖުބޫރުވެފައިވާ ބިދޭސީންނަށް އެހީތެރިވުން ކަމަށެވެ.

މި ގޮތުން އެމްއާރްސީން ވަނީ، ރިލީފް ފަންޑަށް ފައިސާ ފޯރުކޮށްދިނުމަށް އެދިފައެވެ.

ރިލީފް ފަންޑަށް އެހީތެރިވާން ބޭނުންވާ މީހުންނަށް ބީއެމްއެލްއާއި، އެމްއައިބީ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެކަމަށް އެމްއާރުސީން ބުނެއެވެ.

މި ގޮތުން، ބީއެމްއެލް މެދުވެރިކޮށް، ދިވެހި ފައިސާ ޖަމާކުރާނީ،   7701-176022-001 މި އެކައުންޓު ނަންބަރަށްކަމަށާއި، ޑޮލަރުންނަމަ ފައިސާ ޖަމާކުރާނީ، 7701-176022-002 މި އެކައުންޓު މެދުވެރިކޮށްކަމަށް އެމްއާރުސީން ބުނެއެވެ. 

ހަމައެއާއެކު، އެމްއައިބީ މެދުވެރިކޮށް ދިވެހި ފައިސާ ޖަމާކުރާނީ،  990-01-55500036-100 މި އެކައުންޓް ނަންބަރަށްކަމަށާއި، ޑޮލަރުންނަމަ ފައިސާ ޖަމާކުރާނީ، 990-01-55500036-200 އަށްކަމަށް ވެސް އެމްއާރްސީން ބުނެފައިވެއެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: