ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮސިޓިވް ކޭސްތައް މަދުވުމުގެ މާނައަކީ، ބަލި ފެތުރުން މަދުވުމެއް ނޫން: ޑރ. އަފްޒަލް

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި މަދު ކަމަށް ފެނުމުގެ މާނައަކީ އެ ބަލި ފެތުރުން މަދުވުން ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވާ އަދަދު ބޮޑެތި ނަމްބަރުތަކުން އައުމަށްފަހު ހުސް ތަންތަން އަންނަނީ ޓެސްޓުގެ ނަތީޖާ ނުލިބޭތީ ކަމަށެވެ.

އަފްސަލް ވިދާޅުވި ގޮތުގައި، އެގޮތަށް އެއްފަހަރު ގިނަވެފައި އަނެއް ފަހަރު މަދުކޮށް ނަތީޖާތައް ފެނުމަކީ ރާއްޖޭގައި ކޮވިޑް ފެތުރުން މަދުވުން ނޫނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕޮޒިޓިވްވާ މީހުން މަތިވަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް އަދި ނުދާ ކަމަށާއި ލައިން ދަމާލަން ޖެހޭނީ އެންމެ މަތިން ޕޮޒިޓިވް ވެފައި ހުރި އަދަދުތަކުން ކަމަށް އަފްޒަލް ވިދާޅުވި އެވެ. އަދި ނޯން ކްލަސްޓާ ތަކުން ކޭސްތައް ފެނުމަކީ ރަނގަޅެއް ކަމަށާއި އޭގެން އަންގައިދެނީ ރާއްޖޭގައި ކޮންޓްރޯލް ނުކުރެވޭ ވަރުގެ ސްޕްރެޑެއް ނޫޅޭކަން ކަމަށެވެ.

”ސްޕްރެޑްވާ ވަކި ބާވަތުގެ ތަންތަނުން މި ފެންނަނީ. ވޯކް ކްލަސްޓާތަކެއް ފެނުމުގެ މާނައަކީ ކްލޯސް ކޮންޓެކްޓެއް އޮންނާނެ. އެކަކަށް ޖެހިފައި އަނެކަކަށް ޖެހުމުގެ ފުރުސަތު އޮންނާނެ. ނަމްބަރު މައްޗަށް ދާއިރު ބަލަން ޖެހެނީ، ނަމްބަރު މައްޗަށް ދަނީ ސްޕްރެޑް އައުޓެއްގެ ގޮތުގައިތޯ ނޫނީ ވަކިވަކި ކްލަސްޓާގެ ހައި ވަނީތޯ“ އަފްޒަލް ވިދާޅުވި އެވެ.

މީގެ އިތުރުން އަފްޒަލް ވިދާޅުވީ މިހާރު ހަދާފައިވާ ޕްރޮޖެކްޝަންސްތަކުން ފެންނަނީ، އަދަދުތައް އިތުރަވަމުންދާ ތަން ކަމަށެވެ. މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 491 އަށް އަރައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: