ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ތަނަކުން ޕޮޒިޓިވް ވި 95 ބިދޭސީން: ތަން މީގެ ކުރިން ވެސް ހުރީ މޮނީޓަރިންގައި، އިތުރު މޫވްމެންޓެއް ނެތް!

ތޮއްޖެހިގެން އުޅޭ ބިދޭސީން އެކި ތަންތަނަށް ބަދަލުކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުރާސްފަތި ދުވަހު، އެއް ތަނަކުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި 95 މީހުންނަކީ، ދިރިއުޅުނު ގެއަކީ މޮނީޓަރިންގައި ހުރި ތަނެއް ކަމުން އެ މީހުންގެ ފަރާތުން އިތުރު ބަޔަކަށް ބަލި ޖެހުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވެފައިވަނީ، މިވަގުތު އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވަމުން ދަނީ ބިދޭސީން ކަމަށެވެ. އަދި އެ މީހުންނަކީ ހާލަތު ދަށްކަމަށް ފާހަގަކުރެވި، ބަލީގެ ނުރައްކާ ބޮޑެވެދާނެތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ހުރި ގެތަކެއް ކަމަށެވެ.

ވޭތުވެ ދިޔަ ތިން ދުވަހެއްގެ ތެރޭގައި މާލެއިން ގިނަ އަދަދެއްގެ ބިދޭސީން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ޕޮޒިޓިވް ވި ކްލަސްޓާގައި ހިމެނެނީ 95 މީހެކެވެ. އެއީ ބަންގްލަދޭޝްގެ 61 މީހަކާއި، އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްއަށް ނިސްބަތް ވާ ދެ މީހެކެވެ.

މި މީހުންނަކީ، މިއީ ކޮކާ ކޯލާ ކްލަސްޓާއެވެ. ޓްރިޕަލް ސީ ގެ މި ކަލަސްޓާގެ އެންމެނަކީ ވެސް އެއްތަނެއްގައި ދިރިއުޅެމުން އައި މީހުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އެ ކަލަސްޓާގެ އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއާއި އެކު ތަން އެލާޓަށް ގެނެސް ވަދެ ނިކުމުން މަނާކުރި ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެ ސަބަބާއި ގުޅިގެން އެ މީހުންގެ ފަރާތުން ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ޗާންސެއް ނޯންނާނެ ކަމަށެވެ. ބައެއް ޓެކްނިކަލް ކަންތަކެއް ހިއްސާ ކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި ތާރީހުގެ ކުރިޔަށް ބައެއް ކަންތަކެއް ބަލަމުން ދާ ކަމަށެވެ. އެ މީހުން އެއީ ”އޭ ސިޕްޓޮމެޓިކް“ ކަމަށާއި، އޭގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނީ އޭގެ ކުރިޔަށް ދެ ދުވަސް ކަމަށެވެ.

”އޭސިމްޕްޓޮމެޓިކް މީހުންގެ ފަރާތުން ޝެޑްވުމުގެ ފުރުސަތު މި އިންނަނީ އޭގެ ކުރިއަށް ދެ ދުވަހަށް، އެހެންވީމަ އޭގެ ކުރިއަށް ދެ ދުވަހަށް ބަލާނީ، އިނގޭ ހިސާބުން ވެސް ދެ ދުވަސް ބަލާނީ. ރިސްކުގައި އިން ޓައިމްލައިނަކަށް ނުފެތޭ،“ ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ ނަސީބު ދިމާ ކުރިގޮތުން އެތަނުގައި ތިބި އިތުރު ބައެއްގެ މޫވްމެންޓުތަކެއް ހިނގާފައި ނުވާ ކަމަށެވެ. އެހެން ކަމުން، އެ މީހުން މެދުގައި ތިބި މީހުން ނޫން އިތުރު ބަޔަކާއި ބޭރު ތެރޭން އެއްވެސް މޫވްމެންޓެއް ހިނގާފައި ނުވާ ކަމަށެވެ.

މާލޭން އެންމެ ފުރަތަމަ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު ބައްޔަށް ޕޮޒިޓިވް ވާ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް އެ އަދަދު މިހާރު ވަނީ 491 އަށް އަރާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެންްއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިތުރު ބައެއް ގެތަކެއް ވެސް މިހާރު މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ގެތަކުން ވަދެ ނިކުމެ އުޅުން މަނާވާނެ ކަމުގައި ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، ހާލަތަށް ބެލުމަށްފަހު ބަލި ފެތުރިދާނެ ކަމަށް ބަލާ މޮނީޓަރިންނަށް ގެނެސްފައިވާ ގެތަކުގެ އަދަދަކީ 23 ކަމަށެވެ. އަދި އިތުރު ބައެއް ގެތަކެއް ވެސް ކުރިޔަށް އޮތް ތަނުގައި އެ އުސޫލުގެ ދަށުން މޮނީޓަރިންއަށް ލެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ އެންމެވެސް ބައްޔަށް ޓެސްޓު ކުރަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ، މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނެވެ. އަދި ތޮއްޖެހިގެން ގިނަ ބިދޭސީންތައް ދިރިއުޅޭތަންތަން މޮނީޓާރ ކުރަނީ ފުލުހުންނެވެ.

މާލޭގައި ކުޑަ ކޮޓަރިތަކުގައި އެތައް ބިދޭސީންނެއް ދިރިއުޅެއެވެ. އަދި އެތަންނުގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނުހުންނައިރު، އެއީ އިންސާނުން ދިރިއުޅެންވެސް ހެޔޮވާވަރުގެ ތަންތަނެއް ނޫނެވެ. މީގެ ސަބަބުން ބަލި ނުރައްކާވާ މިންވަރަކަށް ބިދޭސީންގެ މެދުގައި ފެތުރިދާނެކަމަށް ބެލެވެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް ބިދޭސީން ވަނީ ރަނގަޅު ތަންތަނަށް ވަގުތީގޮތުން ބަދަލުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: