ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރުޖަމާނުގެ ޕްރެސްއަށް ހުރަސް އަޅާކަމަށް ބުނެ ކެންސަލް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބާއްވަވަން ހަމަޖެހިފައިވާ ޕްރެސްކޮންފަރެންސް މިއަދު ކެންސަލް ކޮށްފިއެވެ.

ދޮޅު މަސް ދުވަސް ފަހުން މިއަދަށް ތާވަލު ކުރި މި ޕްރެސް ކެންސަލް ކުރީ “އަދަދު” ނޫހުގެ ނޫސްވެރިއެއް ޕްރެސް މާލަމުގައި ހުރުމުންނެވެ. ރައީސް އޮފީހުގެ ޕްރެސްތަކަށް އެ ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމާފައިވާއިރު، ތަރުޖަމާނުގެ ޕްރެސްތައް ބާއްވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ސްޓޫޑިއޯގަ އެވެ.

މިއަދުގެ ޕްރެސްގައި ހުރި އަދަދު ނޫހުގެ ނޫސްވެރިޔާ، ޕްރެސް ކުރިއަށް ނުގެންދެވޭނެކަމަށް ނޫސްވެރިންނަށް އެންގީ ޕްރެސް ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން މުންދު އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރަސްމީކޮށް ބާއްވާ އެކި ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު އަރުވާ ގުރޫޕުގައި ނުހިމެނޭ، އަދި ”ޑްރާމާއި ފިލްމް ކުޅުމާއި ޢައިރުގާނޫނީ ކަންކަން ކުރުމުގައި އުޅޭ މީޑިއާގެ ތޮފި އަޅައިގެން އުޅޭ“ ނޫހަކުން މިއަދުގެ ޕްރެސްއަށް ހުރަސް އަޅާފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ ނޫސްވެރިންނަސް ދައުވަތު އަރުވަނީ ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުންތަކަށްވެސް ދައުވަތު އަރުވާ އުސޫލުން، ގެޒެޓުކުރެވި ޝާއިއުކޮށްފައިވާ އުސޫލާއި އެއްގޮތަށް އަދި ސްކްރީން ކުރެވިގެން ހަދާފައިވާ ރަސްމީ ގްރޫޕެއްގައި ކަމަށެވެ.

މުންދު ވިދާޅުވީ އަދަދު ނޫހަކީ ޢައިރުގާނޫނީ އަމަލުތަކެއް ނޫސްވެރިންގެ ބައްދަލުވުމުގައި ހިންގާފައިވާ ނޫހެއްކަމަށާއި މިހާރު ހުށައެޅިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ ގްރޫޕުން އަދަދު ނޫސް އުނިކޮށްފައިވާކަމަށެވެ.

”މި ވޭތުވެދިޔަ މުައްދަތުގެ ތެރޭގައި އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ޕްރެސްއަކަށް ދައުވަތު އަރުވާފައެއް ނޯންނާެ. އަދި ވަޒީރުންނާއި، ހުދު އަޅުގަނޑު ބާއްވާ ޕްރެސަރ ވިތު ސްޕޮކްސްގައިވެސް ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ“

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ބައިވެރިވުމަށްޓަކައި ނަން ފޮނުވަން ޖެހޭ ނަމްބަރަށް ވަކިން މެސެޖު ކުރި ނަމަވެސް އެއަށް އެއްވެސް ވަރަކަށް ”އެކްނޮލެޖު“ ކޮށްފައި ނޯންނާނެކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އެ ނޫހުން ޕްރެސްއަށް ހުރަސްއަޅަމުންގެންދާ ކަމަށާއި އެހެން ކަމުން މިއަދުގެ ޕްރެސް އެހެން ދުވަހަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މުންދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސައްހަ މީޑިއާތަކާއިއެކު، ސައްހަ ނޫސްވެރިންނާއިއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: