ފަނޑިޔާރު މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 9 ނޮވެމްބަރު 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު 23 މޭ 2010 ގައި ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެން، 13 އޮކްޓޫބަރު 2022 ގައި އެ ކޯޓުގެ އިސް ޤާޟީގެ މަގާމުވެސް ފުރުއްވިއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް ހާމަކޮށްފައި ނުވިނަމަވެސް، މިއަދުން ފެށިގެން އޭނާ މަގާމުން ވަކިވެވަޑައިގެންފައިވާކަން ހައިކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭނާ ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ 10 އަކަށް މަދުވެފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރެއްވީ 25 ސެޕްޓެމްބަރު 2025 ގައެވެ. އަދި އޭނާވަނީ ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
އެގޮތުން އޭނާ ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގައެވެ. އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގައެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގައެވެ. އަދި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ފަނޑިޔާރު މާހިރު ރިޓަޔާ ކުރެއްވުމާއި ގުޅިގެން، ފަނޑިޔާރު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ހައިކޯޓުން ވަނީ ޝުކުރު ދަންނަވާފައެވެ.

