ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ. ކަނޑުހުޅުދޫ ބަނދަރުގައި ތޮށިލުމުގެ މަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫ ބަނދަރުގައި ތޮށިލުމުގެ މަސައްކަތްތައް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ  އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކަނޑުހުޅުދޫ ބަނދަރު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، މި ގޮތުން 414 މީޓަރުގެ ބޭރު ތޮށިގަނޑާއި 2300 ސްކޮއާރ މީޓަރުގެ ވާޓަރެއް ވެސް ހަދައި ނިންމާފައިވާކަމަށެވެ.

ކަނޑުހުޅުދޫ ބަނދަރު ތޮށި ލުމުގެ މަސައްކަތާއި އެމްޓީސީސީއިން ހަވާލުވެފައިވަނީ، މި ހުސްވި އަހަރުގެ އަހަރުގެ މާރިޗުމަހުގެ 27 ވަނަ ދުވަހުގައެވެ.

އެ ކުންފުނިން މި މަސައްކަތާއި ހަވާލުވީ، 1 އަހަރު ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

https://twitter.com/MTCCPlc/status/1256493129064210433?s=19

ކަނޑުހުޅުދޫގެ ބަނދަރުގެ އިތުރުން ވެސް، އެމްޓީސީސީން އަންނަނީ، މިފަދަ ބޮޑެތި އެތައް މަޝްރޫޢުތަކެއް ހިންގަމުންނެވެ.

މި ގޮތުން، މާޗުމަހުގެ 1 ވަނަ ދުވަހުގައި، އެ ކުންފުނިންވަނީ، ހުޅުދޫގެ ބަނދަރުގެ މަޝްރޫޢުއާއި ހަވާލުވެފައެވެ. 65 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، ބޮޑު ހިލައިން 114 މީޓަރުގެ ނެރު ފައިކައްޓެއް ޖެހުމާއި، 742 މީޓަރުގެ އެއްގަމު ތޮއްޓަކާއި، 624 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. ހަމައެއާއެކު ބަނދަރުގެ ބައްތިތަކާއި، ނެރުބައްތީގެ އިތުރުން، 2250 ސްކޮއާރ މީޓަރުގެ ޕޭމަންޓެއް ވެސް، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. 

މި މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ އެއް އަހަރާއި 10 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން، ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުގައި، އެމްޓީސީސީންވަނީ، އދ. ދިއްދުއާއި، ރ. ރަސްގެތީމު ބަނދަރު ހެދުމުގެ މަސައްކަތާއި ހަވާލުވެފައެވެ. ހަމަ އެ ދުވަހުގައި، ށ. ފޭދުއާއި، ކ. ހިންމަފުއްޓާއި، ށ. ފޯކައިދޫއާއި، އދ. ހަންޏާމީދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ވެސް އެމްޓީސީސީން ހަވާލުވެފައިވެއެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: