ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިނު ނަގައި، ޓިނު ވިއްކާ ވާހަކަ ދެއްކިޔަސް އަބްދުއްރަހީމް ހާހެއްނުވޭ!

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓިނުނަގާ ވާހަކައާއި ޓިނު ވިއްކާ ވާހަކަ ދެއްކިޔަސް އެކަމާއި ދެރަނުވާނެކަށާއި އެއީ އެކަމުގައި އެއްވެސް ހަޤީގަތެއްނެތް ނެތީމަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި އަބުއްރަހީމް ވިދާޅުވީ، އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއް ދައްކައިގެން އެކަމާއި ސައްލާކުރަން ގޭގެ ސިޓިންގ ރޫމްގައި ބޮނޑިބަތްކާކަށް ޕީއެންސީގެ އެއްވެސް މީހަކު ނުތިބޭނެކަމަށެވެ. އަދި ބަޔަކު މީހުން އެއްވެސް ހަޤީގަތެއް ނެތް ވާހަކައެއް ދެއްކިޔަސް އެކަމާއި ހާސްނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އަދުރޭ ދެރައެއް ނުވާނެއޭ ޓިނު ކަފާ ވާހަކަ ދެއްކިޔަސް. އެއްގޮތަކަށްވެސް ދެރައެއް ނުވާނެ. އަދި ޓިނުޖަހާ ވާހަކަ ދެއްކިޔަސް ދެރައެއް ނުވާނެ، ޓިނު ނަގާ ވާހަކަ ދެއްކިޔަށް ޓިނު ވިއްކާ ވާހަކަ ދެއްކިޔަސް ދެރައެއް ނުވާނެ“ އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބައެއް ބޭފުޅުން އިންސާނުންގެ ދަރަޖައިން ނެއްޓި ދަށު ދަރަޖައަށް ވެއްޓޭތީ އެކަމާ ހައިރާންވެ އެވެ. އެގޮތުން ޤައުމެއްގެ ވެރިކަން ކުރައްވާފައި ތިއްބަވާ ބޭބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުން ހައިރާންވާކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ވެރިކަންކުރައްވާފައި ހުންނެވި ބޭފުޅަކު މަޖިލިސް މެމްބަރުންނަށް މުހާތަބުކުރައްވާ އެތަނަކީ ”ކުއްތާ ކޮށްޓެކޭ“ ވިދާޅުވީމައި އެބޭފުޅެއްގެ ހިތުގައިއޮތް ކިބުރުވެރިކަމާއި ބޮޑާކަން ހާމަވެގެން ދެއެވެ. އަދި ޤައުމުގެ ވެރިޔާގެ މަޤާމަށް ރައްޔިތުން އިންތިހާބުކޮށްފައި ހުންނެވި ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާއޭ ނުވިދާޅުވޭ ހިސާބަށް ދިޔައީމައި އެބޭފުޅެއްގެ ހިތުގައި ހަސަދަވެރިކަމާއި ކިބުރުވެރިކަން އަށަގަނެފައިވާ މިންވަރު ހާމަވާކަމަށް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ، މިފަދަ ބޭފުޅުންނަށް އޭނާ އެއްވެސް ވަރަކަށް ރައްދު ދިނުމަށް ބޭނުން ވެސް ނުވާކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައީވެސް އެމަނިކުފާނުގެ ބޮޑާކަމާއި ކިބުރުވެރިކަމުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”ވެރިކަން ނިމުނީ ބޮޑާކަމުން، ކިބުރުވެރިކަމުން، ނުލަފާކަމުން، ބަސްނޭހުމުން، ވެރިކަން ނިމުކީ އަދުލު އިންސާފު ޤާއިމު ނުކުރީމައި، ވެރިކަން ނިމުނީ އަނިޔާވެރިވީމަ، ހިޔާނާތްތެރިވީމަ“ އަބްދުއްރަހީމް

މިއަދު ފެންނަމުންމިދަނީ ވެރިކަމުގެ ދަހިވެތިކަން އިންސާނެއްގެ ހިތުގައި އޮތް މިންވަރުކަމަށާއި ބޮޑާކަމާއި ކިބުރުވެރިކަންކަމުގައި އަބްދުއްރަހީމް ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: