ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މިނިސްޓްރީއެއްގައި ރޯކުރީ ރައީސާއި އަރިސް މީހެއްކަމަށް ޔާމީން ކުރީ ހިޔާލީ ތުހުމަތެއް: މުންދު

ތިން މިނިސްޓްރީއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ތިން މިނިސްޓްރީއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ހަގީގަތް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން ސަރުކާރުން އެކަން ދޮގުކޮށްފި އެވެ.

ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ރޯކޮށްލީކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެކަމުގެ އަޑީގައި ތިބީ ކޮން ބައެއްކަން ފުލުހުންނަށް ވެސް އެނގޭނެކަމަށެވެ. ނަމަވެސް އެއީ ރައީސް މުއިއްޒާއި ގާތް އަރިސް ބަޔަކަށް ވާތީ، އެ ތަހުގީގު ކުރިޔަށް ނުދާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް މުންފު ވިދަޅުވީ ރައީސް ޔާމީންގެ އިތުރުފުޅުހައްދަވާ ބޭފުޅުންގެ ދަރަޖައަށް ވެއްޓުނީ ކަމަށެވެ. މުންދު ވިދާޅުވީ ޕީއެންސީ ދެކެ އެހާ ހިންހަމަޖެހެވަޑައިނުގަންނަވަނީ ޖަލުގައި ހުންނެވިއިރު ވެރިކަމަށް ވަޑައިނުގެންނެވުމުގެ ސަބަބުންކަމަށް ގަބޫލު ކުރެވޭކަމަށެވެ.

މުންދު ވިދާޅުވީ ރައީސް ޔާމީން ދައްކަވަނީ ހިޔާލީ ވާހަކައެއްކަމަށާއި، ސަރުކާރު ހިންގާ ބަޔަކަށް ބޮޑު ގެއްލުމެއް ވެ، ނެތިގެން ދިޔައީ އެތައް އަހަރެއްގެ ލިޔެކިއުންތަކެއް ކަމަށެވެ.

ފުލުހުންގެ ހޯދުންތަކުން އެއީ ކަރަންޓުގެ މައްސަލައެއްގެ ސަބަބުން ދިމާވި ހާދިސާއެއްކަން އެނގެން އޮތް އިރު، އިތުރު ތަފްސީލު ޖެހޭނީ ހޯދަންކަމަށް މުންދު ވިދާޅުވި އެވެ.

”ފުލުހުންގެ ތަހުގީގުގެ ނަތީޖާ އެއީ ހަމަ ކަރަންޓުގެ މައްސަލައެއް ކަމަށް ވިދާޅުވީ. އޭގެން އިތުރު ތަފްސީލެއް ދެން ފުލުހުން ކައިރިން ކަންނޭންގެ ހޯއްދަވަން ޖެހޭނި. ދެން މިނިސްޓަރ އޭގެ ތަފްސީލެއް ދެއްވާނެ ކަމަށް ވިދާޅުވެފައި ވަންޏާ އަޅުގަނޑު އެކަން ހަނދުމަފުޅު އަރުވާނަން“

މުންދު ވިދާޅުވީ ތަހުގީގުތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތުތައް ފަހުން މީޑިއާތަކަށް އަރުވާނެކަމަށާއި، މިނިސްޓްރީތަކުން ވެސް އެ ތަފްސީލު ދޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: