ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުދުންތެރި އިގްތިސާދަކާއި ކަންކުރާނެ ސަރުކާރެއް ހޯދައިދޭނަން: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ފުދުންތެރި އިގްތިސާދަކާއި ކަންކުރާނެ ސަރުކާރެއް ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ޝާހިދު މިވަގުތު ހުންނެވީ ކުޅުދުއްފުށި ސިޓީގަ އެވެ. އަދި ކެމްޕެއިނުގެ ހަރަކާތްތަކަށް މީގެ ކުރިން ވަނީ އައްޑޫ ސިޓީއަށް ވެސް ވަޑައިގެންފަ އެވެ.

ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޝާހިދު ވިދާޅުވީ ކުޅުދުއްފުށީގައިވެސް ހިންގަމުންދިޔަ ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް މިއަދު އޮތީ ހުއްޓިފައި ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، މަގުހެދުމުގެ އިތުރުން ކަރަންޓުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ﷲގެ ހެޔޮ ރަޙްމަތްޕުޅާއެކު ރައްޔިތުންނަށް ކަންކުރާނެ ސަރުކާރެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ނުނިމި ހުރި ހުރިހާ މަޝްރޫއުތަކެއް ރައްޔިތުންނަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޝާހިދު ވިދާޅުވި ގޮޔުގައި ފުދުންތެރި ރައްޔިތުން ބޭނުންވާ، އަދި ނުހުއްޓި ކުރިޔަށްދާނެ އިގްތިސާދެއް ދިވެހި ރައްޔިތުންނަށް ހޯދައިދޭނެ ވެރިއަކީ އޭނާ އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އަމިއްލަ ފުދުންތެރި އިގްތިސާދެއް އުފެއްދޭނެ، ފަހުރުވެރި ގައުމަކަށް ރާއްޖެ ހައްދަވާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ދަރަނިވެރިވެ، ބޯހާސްވެ، ޖީބު ފޫގޮސް، ނާއުއްމީދު ވެފައިވާ ރައްޔިތުމީހާ އަމިއްލަ ފައިމައްޗަށް ތެދުވެވޭނޭ ފަދަ ފުދުންތެރި ޤައުމަކަށް އިރާދަކުރެއްވިއްޔާ މިރާއްޖެ އަޅުގަނޑު ހަދައި ދޭނަން. އަޅުގަނޑު ގެނެސްދޭނީ އިތުބާރާއި ލޯތްބާއި އުއްމީދު. އަޅުގަނޑު ނިކުމެ މިހުރީ ދިވެހި ރައްޔިތުންނަށް ފުދުންތެރި، ނަފާވެރި ސަރުކާރެއް ހިންގައިދިނުމަށް. މިރާއްޖޭގެ އިޤްތިޞާދު ހުއްޓި މަޑުޖެހިފައި މިއޮތްއޮތުން ނިމުމަކަށްގެނެސް، ފުދުންތެރި ރާއްޖެއެއް ބިނާކޮށްދޭން. ފުދުންތެރި ދިވެހިރާއްޖެއެއްގެ ތަސައްވަރުގައި ކުލަ ޖައްސައިދޭނީ އަޅުގަނޑު

މީގެއިތުރުން، ކުރުރާސްތާއާއި، މެދުދުރާއި އަދި ދުރުރާސްތާގެ ޕްލޭނަކާއެކު ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަލުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި، އެކަން ކުރެއްވޭނީ ތަޖުރިބާއާއެކު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެކަން ކުރައްވާނީ ރައްޔިތުންގެ ތާއީދާއި ލޯތްބާއެކު، ”ފުދުންތެރި ދިވެހިރާއްޖޭގެ ސްޓްރެޓެޖީ“ ގެ ދަށުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރިޔާސީ ޕްރައިމެރީގެ ކެމްޕެއިން ފަށައި ޝާހިދު ހަރަކާތްތައް ކުރިޔަށް ގެންދިޔަ ނަމަވެސް، އެމްޑީޕީން ރިޔާސީ ޕްރައިމެރީއަށް އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: