ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ބަލިން ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި!

ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި / ދުވަސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުންދާކަމަށާއި އެހެންކަމުން ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށް އެޗްޕީއޭއިންވަނީ އެދިފައެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އެދިފައެވެ.

އަލާމާތްތަކުގެ ތެޜޭގައި

  • ގިނަގިނައިން ހޮޑުލެވުން
  • މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން
  • ބޮލަށް އެނބުރުން އެރުން
  • އާދަޔާ ހިލާފަށް ކަރު ހިއްކުން
  • އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
  • ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން

ބޭރަށް ހިނގާނަމަ، ގިނަގިނައިން ލޮނު ޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމާއި ފާހަގަނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނުމުގެ އިތުރުން ފާހާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް  އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ވެސް އަލާމަތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި މަސައްކަތަށް ނުނިކުންނެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: