ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުތަކުން ކަދުރު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެއަށް ކާބޯތަކެތި ލިބުން ދަތިވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، ކައުންސިލުތަކުން ކަދުރާއި ހަވާލުވެ، ރައްޔިތުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުޑަ އިރުކޮޅެއްކުރިން، ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިގެ ހާލަތަށް ރިޢާޔަތްކޮށް، 1441 ވަނައަހަރު ރަމަޟާންމަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ސަރުކާރުންނާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަނުން ދިވެހިރާއްޖެއަށް ކަދުރު ދީފައިވާކަމަށެވެ.

މި ގޮތުން މަސައްކަތުގެ ގޮތުން އެކަހެރިވެފައިވާ މީހުން ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނު އަދި އެކަހެރިކޮށްފައިވާ މީހުންތިބި ފެސިލިޓީތަކަށާއި، ހާލުގައި ޖެހިފައިތިބި ބިދޭސީންތިބި ފެސިލިޓީތަކަށް ކަދުރު ބެހުމަކީ، މުހިންމުކަމެއްކަމުގައި ދެކޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން މިހާރު ކަދުރާއި ހަވާލުވުމަށް މީހަކު ފޮނުވާފައިނުވާ ކައުންސިލުތަކުން، ރަމަޟާން މަހުގެ 18 ވާ ހޯމަދުވަހުގެ 17:00 ގެ ކުރިން، ކަދުރާއި ހަވާލުވާނެ މީހަކު އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. 

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ރަމަޟާން މަހުގެ 18 ވާ ހޯމަދުވަހުގެ 17:00 ގެ ކުރިން، ކައުންސިލުތަކުން ނުގެންގޮސް ހުންނަ ކަދުރުތައް މަސައްކަތުގެ ގޮތުން އެކަހެރިވެފައިވާ މީހުން ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނު އަދި އެކަހެރިކޮށްފައިވާ މީހުންތިބި ފެސިލިޓީތަކަށާއި، ހާލުގައި ޖެހިފައިތިބި ބިދޭސީންތިބި ފެސިލިޓީތަކަށް ބެހުމަށް ނިންމާފައިވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: