ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ދިނީ ވަކިވަކިން، ބައެއް މީޑިއާތަކަށް!

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނޫސްތަކަށް ވަކިވަކިން ދައުވަތު ފޮނުވަން ފަށައިފިއެވެ.

މީގެ ކުރިން ރައީސް އޮފީހުން މީޑިއާތަކާއެކު ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައ،ި ވަކިން ދައުވަތު ފޮނުވި ނަމަވެސް، މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ދީފައިވަނީ، ވަކިވަކި މީޑިއާތަކަށް ފޮނުވި މެސެޖުތަކަކުންނެވެ. އެ ދައުވަތު ބައެއް މީޑިއާތަކަށް ނުލިބޭ ކަމަށް ”ސަންގަށް“ ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ 1:00ގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕީއެސްއެމްގެ ސްޓޫޑިއޯގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ދިޔުމުން އެ ނޫސްވެރިންގެ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. ލައިވްކުރުމުގެ ބަދަލުގައި އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ކޮފީ މޭޒެއްގައެވެ. މުންދު ވިދާޅުވި ގޮތުގައި، ރައީސް އޮފީހުގެ އެއްވެސް އިވެންޓެއްގައި ބައިވެރިވުމުގެ ހުއްދައެއް އަދަދު ނޫހަށް ނޯންނާނެއެވެ.

ލައިވްކޮށް ދައްކަން އުޅުނު ޕްރެސް ކެންސަލްކުރަން ޖެހުމާ ގުޅިގެން މުންދު އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރަސްމީކޮށް ބާއްވާ އެކި ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު އަރުވާ ގުރޫޕުގައި ނުހިމެނޭ، އަދި ”ޑްރާމާއި ފިލްމް ކުޅުމާއި ޢައިރުގާނޫނީ ކަންކަން ކުރުމުގައި އުޅޭ މީޑިއާގެ ތޮފި އަޅައިގެން އުޅޭ“ ނޫހަކުން މިއަދުގެ ޕްރެސްއަށް ހުރަސް އަޅާފައިވާ ކަމަށެވެ.

ދެ މަހަށް ފަހު ރައީސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއިރު، އެންމެ ފަހުން އެމަނިކުފާނު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވީ މަޖިލީހުން ފާސްކުރި ބިލުތަކެއް ތަސްދީގުކުރި ރަސްމިއްޔާތެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: