ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ނޫސްވެރިކަމެއް ކުރުމަށް އެޅޭ ހުރިހައި ހުރަހެއް ސަރުކާރުން ނައްތާލާނަން: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަމެއް ކުރުމަށް އެޅޭ ހުރިހައި ހުރަހެއް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު  ސާލިހުގެ ސަރުކާރުން ނައްތާލާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ބައިނައްލަޢުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ދެއްވި ހިތޯބުގައި ވިދާޅުވީ  މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރުގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ”ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން“ ކުރާބަޔަކަށް ދިވެހި ނޫސްވެރިން ވުމަކީ އެމަނިކުފާން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.. އަދި އެކަމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާލާ އެކަމަށް މަގުފަހިކޮށްދޭން އަދުގެ ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވި ގޮތުގައި  ރައީސުލްޖުމްހޫރިއް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެފައި އޮތުމެވެ. އެގޮތުން މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ ދެތިން އަހަރު ކުރިއާ އަޅާބަލާއިރު، ޤާނޫނީ ގޮތުންނާއި، ނިޒާމީގޮތުންނާއި، އަދި އެނޫންވެސް ތަފާތު ބިރުވެރިކަން އުފައްދާގެން މިނިވަން ނޫސްވެރިކަމަށް ކުރިމަތިކޮށްފައިހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން އެޅި  ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ގައި މިއަހަރު ރާއްޖެ ހޯދާފައިވާ 19 ދަރަޖައިގެ ކުރިއެރުމާއެކު، ޖުމުލަ 41 ދަރަޖައިގެ ކުރިއެރުން ހޯދިފައިވާކަން ހޯމް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. 

ނޫސްވެރިންނަކީ ދިވެހި ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިންކަމަށްވާހިނދު ސަރުކާރުގެ އަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އަޅާކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން ނޫސްވެރިންގެ ވިސްނުމާ ފިކުރާއެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުން ކަމަށް ހޯމް މިނިސްތަރ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައިވެރިވުމާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން އިންތިޒާމްކޮށް، އެޑިޓަރުންގެ ސައްލާގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާ ނޫސްވެރިންގެ ކަންބޮޑުވުންތައް  ވާނީ އަޑުއަހާފައެވެ. ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު އެބައްދަލުވުމުގައި ފުޅާދާއިރާއެއްގައި  މަޝްވަރާކޮށް، ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކާއެކުވެސް އަދި އިތުރަށް ހާސިލުކުރަންޖެހޭ ގިނަ ކަންކަން ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއި އެފަންނުތަކުން މީހުން ބިނާކުރުމަކީ ކުރަންޖެހޭ މުހިންމު ބައެއްކަންކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ސައްޙަނޫން ޚަބަރުގެ ސަބަބުން މުޖުތަމަޢަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ނޫސްވެރިކަމުގެ ހަމަތަކާއި އިންތައް ހިފަހައްޓަންޖެހޭކަން މިނިސްޓަރ އިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.

މުޅި ދުނިޔެއަށް މެދުވެރިވެފައިވާ ކޮވިޑް19ގެ ނުރައްކާތެރި ބަލިމަޑުކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކުރަމުންދާ ހިނދު، އެކަންކަމުގެ އެންމެ ތާޒާ މައުލޫމާތު، ގެތަކުގައި ބަންދުވެފައިތިބި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ރެއާއި ދުވާލު ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ޤައުމީ ފެންވަރުގައި މިކުރެވޭ މަސައްކަތުގެ މުހިންމު އެއްބައިކަން މިނިސްޓަރ އިމްރާންގެ ހިތޯބުގައި ވަނީ ފާހަގަ ކުރައްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: