ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރީ ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ދެ ކުންފުނި އެއްކޮށްލުމަށް ނިންމެވި ސަބަބެއްކަމަށް ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
މީގެ ކުރިން ވެސް ރައީސް މުއިއްޒު ވަނީ އެއް މަސައްކަތްތައް ކުރާ ކުންފުނިތަކާއި، މުވައްސަސާތައް އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ.

